ENGLISH
10 ސެޕްޓެމްބަރު 2025
އެމްޑަބްލިއުއެސްސީގެ އެޕަށް ހެޔޮ ބަދަލުތަކެއް؛ އައު ގިނަ ހިދުމަތްތަކާއެކު ބޮޑެތި ފަސޭހަތަކެއް
20 ޖުލައި 2025
|
އެމްޑަބްލިއުއެސްސީގެ އެޕަށް ގެނައި ބަދަލުތަކާއެކު އިފުތިތާހުކުރުން، ފޮޓޯ: އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕްލިކޭޝަނަށް ހެޔޮ ގިނަ ބަދަލުތަކެއް ގެނެސް، އައު ހިދުމަތްތަކެއް ތައާރަފުކޮށްފިއެވެ.
މިއަދު އެމްޑަބްލިއުއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެޕަށް ގެނެވުނު ކުރިއެރުންތަކާއެކު އެޕު ތައާރަފުކުރެއްވީ އެ ކުންފުނީގެ ޗެއާޕާސަން އަލްފާޟިލާ ޝަމްޙޫޒާ އަޙްމަދާއި ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޢަބްދުލްމަތީން މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި މެނޭޖުމެންޓު ޓީމުގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިއަދު ތައާރަފުކުރި ބަދަލުތަކަކަކީ ކުންފުނީގެ ހިދުމަތްތައް ދުވަހުން ދުވަހަަށް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެޕް ކުރިއަށްވުރެ ސާދަކުރުމާއެކު ހިދުމަތް ލިބިގަތުން ފަސޭހަކޮށްދީ އަވަހަށް ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ގެނައި ބަދަލުތަކކެެވެ.
އެގޮތުން މި ބަދަލުތަކާއެކު ކަސްޓަމަރުން ކައުންޓަރަށް އައި ހިދުމަތް ހޯދުމުގެ ބަދަލުގައި އެޕްލިކޭޝަން މެދުވެރިކޮށް ފެނާއި ނަރުދަމާއާ ގުޅުންހުރި ހުރިހާ ހިދުމަތަކަށް އެދި ހުށަހެޅުމާއި، ބިލުތަކަށް ފައިސާ ދެއްކުމާއި އެހެނިހެން ހިދުމަަތްތައް ލިބިގަަނެވޭނެ ގޮތަށް މަގުފަހިވާނެއެވެ.
ކުރިން އެޕުން ލިބެމުންއައި ހުރިހާ ހިދުމަތެއް އަލަށް ގެނައި ބަދަލުތަކާއެކު ލިބޭނެއެވެ. އެ ހިދުމަތްތަކުގެ އިތުރަށް އައު ބައެއް ހިދުމަތްތައް ތައާރަފުކޮށްފައިވެއެވެ. އެގޮތުން ތައާރަފުކުރެވުނު ހިދުމަތްތަކުގެ ތެރޭގައި:
- އީފާސް މެދުވެރިކޮށް ފަސޭހައި އެޕަށް ލޮގްއިން ވެވޭނެ ގޮތް ހަމަޖެހުމާއި،
- އީފާސްއިން ލޮގިންވުމާއެކު އެ ފަރާތެއްގެ ނަމުގައި ހުރި ހުރިހާ މީޓަރެއްގެ މައުލޫމާތު ފެންނަން ހުރުމާއި،
- ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު އޮންލައިންކޮށް ފެނާއި ނަރުދަމާގެ ހިދުމަށް އެދި ހުށަހެޅުމާއި،
- ކަސްޓަމަރުން އެދިފައިވާ ހިދުމަތްތަކާއި، އެ ހިދުމަތްތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ އަދާހަމަ ވަގުތުން ފެނުމާއި، ހިދުމަތްތަކަށް ފައިސާ ދެއްކުމާއި،
- އެކި އެކައުންޓުތަކުގެ ބިލުތައް އެއްފަހަރާ ދެއްކުމާއި،
- މީޓަރު ރީޑިންގެ ފޮޓޯ އަޕްލޯޑުކޮށްގެން މަހުގެ ކޮންމެ ހިސާބެއްގައި ބިލު ހެދުމަށް އެދުމާއި،
- ސަމާޓު މީޓަރު ބޭނުންކުރާ ކަސްޓަމަރުން ފެން ބޭނުންކުރާ މިންވަރާއި ބަލަށް މިހާތަނަށް އަރާފައިވާ މިންވަރު ދުވަހުން ދުވަހަށް ބަލައިލެވުމާއި،
- ސްމާޓު މީޓަރުތަކުން އެވަގުތަކު ބިލަށް އަރާފައިވާ މިންވަރު ދެނެގަނެވުމާއި،
- ސްމާޓު މީޓަރުތަކުން އެމަހެއްގެ އަންދާޒާީ ބިލުގެ މިންވަރު ފެނުމާއި،
އެއް އަހަރު ދުވަހުގެ އެކައުންޓު ސްޓޭޓް މެންޓު ބަލައިލެވުން ފަދަ ހިދުމަތްތައް ހިމެނެއެވެ.
އެޕު އިފުތިތާހުކޮށްދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަތީނު ވިދާޅުވީ މިއީ ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން، ތިމާވެއްޓާއި ރައްޓެހިގޮތެއްގައި ކަސްޓަމަރުން ކުންފުނީގެ ޚިދުމަތްތައް ހޯދުމުގައި ވީހާވެސް ލުއިފަސޭހަ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަަށެވެ. އަދި މިއީ މޯލްޑިވްސް 2.0 ގެ ދަަށުން ކުންފުނީގެ ހިދުމަތްތައް ޑިޖިޓަަލައިޒްކުރުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ބައެއް ކަމުގައި އެމްޑީ ވިދާޅުވިއެވެ.