ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ނަފްސާނީ ޞިއްހަތުގެ ޤައުމީ ހެލްޕްލައިނަށް މައްސަލައެއް ދިމާވުމުން ވަގުތީ ނަަންބަރެއް ދީފި

20 ޖުލައި 2025

|

އިސްމާއީލް ރާތިއު

ޞިއްޙަތާބެހޭ ވުޒާރާގެ ނަންބޯޑު-- ފޮޓޯ: ޕީއެސްއެމް

ނަފްސާނީ ބަލިތަައް މެދުވެރިވެފައިވާ ފަރާތްތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ 24 ގަޑިއިރު ޚިދުމަތްދޭ ހެލްޕްލައިނަށް މައްސަލައެއް ދިމާވެފައިވާތީ، އެކަން ޙައްލުވަންދެން ގުޅާނެ ވަގުތީ ނަންބަރެއް، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ޢާންމުކޮށްފިއެވެ.

އެ ޑިޕާޓްމަންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ހެލްޕްލައިންގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވާ ކަމަށެވެ. އަދި، މިކަން ޙައްލުކޮށް، ޚިދުމަތް އިޢާދަކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ޕޯސްޓުގައި ބުނެފައިވެއެވެ. ހެލްޕްލައިން އަށް ދިމާވި މައްސަލަ ޙައްލުވަންދެން ގުޅުމަށް، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ދީފައިވާ ނަންބަރަކީ  7265402 މިއެވެ.

ނަފްސާނީ ޞިއްޙަތުގެ ޤައުމީ ހެލްޕްލައިނަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު، ޞިއްޙަތާބެހޭ ވުޒާރާއިން އިފްތިތާޙުކުރި 24 ގަޑިއިރު ނަފްސާނީ އެހީ ފޯރުކޮށްދޭ ހެލްޕްލައިނެކެވެ. މި ހެލްޕްލައިންގެ އަމާޒަކީ، ނަފްސާނީ ޙާލަތެއް، ނުވަތަ އުނދަގޫތަކެއް ތަޙައްމަލުކުރަމުންދާ އެކި ޢުމުރުފުރާތަކުގެ މީހުންނަށް ކޮންމެ ގަޑިއެއްގައިވެސް އެ ޚިދުމަތް ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު