ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ޓާމިނަލުގައި ތައާރަފުކުރާ އައު ބަގޭޖު ހޭންޑްލިން ސިސްޓަމާއެކު ހިދުމަތަށް ބޮޑު ކުރިއެރުމެއް

20 ޖުލައި 2025

|

އުމްނާ އިސްމާޢީލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ފަސިންޖާ ޓާމިނަލަށް ތައާރަފްކުރާ އައު ބެގޭޖް ސިސްޓަމާއެކު ފަސިންޖަރުންނަށް ލިބޭ ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް އެއާޕޯޓު އޮޕަރޭޓްކުރާ އެމްއޭސީއެލް އިން ފާހަގަކޮށްފި އެވެ.

އެމްއޭސީއެލްގެ ރޭމްޕް ސާރވިސް މެނޭޖަރ، މުހައްމަދު އާތިފު ވިދާޅުވީ، އާ ޓާމިނަލްގައި މުޅިން އަލަށް ދޭން ފަށާ ބެގޭޖު ހޭންޑްލިން ސިސްޓަމްގެ ޚިދުމަތަކީ ރާއްޖޭގެ ތާރީހުގައި ވެސް މުޅިން އަލަށް ތައާރަފްކުރެވޭ ޚިދުމަތެކެވެ. އެފަދަ ސިސްޓަމްތައް މި ސަރަހައްދުގެ އެއާޕޯޓުތަކުގައި ވެސް މަދުވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

އާތިފް ގަބޫލުކުރައްވާ ގޮތުގައި މިއީ ހުރިހާ ދިވެހިން ވެސް ފަޚުރުވެރިވާންޖެހޭނެ ކަމެކެވެ. ސަބަބުތަކުގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ؛

  • އަވަހަށް ޗެކް-އިން ކުރެވުން
  • ޚިދުމަތް އިތުރަށް ފުޅާވުން
  • ބެގޭޖް އޮފްލޯޑްކުރުން އަވަސްވުން
  • ޚިދުމަތަށް ބުރުނާރާނެކަން ކަށަވަރުކުރެވުން

އާ ޓާމިނަލްގައި ފަސިންޖަރުންގެ ބެގޭޖް ސްކީން ކުރުމަށް ގާއިމުކޮށްފައިވާ ނިޒާމާއެކު އެއް ގަޑިއިރު ތެރޭގައި 1،2000 ބެގޭޖް ނުވަތަ މިނިޓަކު 20 ބެގޭޖް ސްކްރީން ކުރެވޭނެ އެވެ. މި  ނިޒާމު ފަރުމާކޮށްފައިވަނީ ބެގޭޖް ސްކްރީން ކުރުމުގެ ހިދުމަތްތަކުގެ 80 - 90 އިންސައްތަ ހިދުމަތް އޮޓޮމެޓިކުން ކުރިއަށްދާ ގޮތަށެވެ. މި ނިޒާމަކީ މެލޭޝިޔާއާއި ސިންގަޕޫރު ފަދަ ގައުމުތަކުގެ އެއާޕޯޓުތަކުގައި ބޭނުންކުރަމުން އަންނަ ނިޒާމެވެ. 

ކިޔުންތެރިންގެ ހިޔާލު