ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ބޭރުގެ ދަރަނި އަދާކުރަން ކުރި ހޭދަ، ކުރީގެ 11 ކުއާޓާައަށްވުރެ މަތި

20 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ރާައްޖޭގެ މުހިއްމު ބައެއް މާލީ މުއައްސަސާތަކުގެ ނަން ބޯޑު

ހިނގަަމުންދާ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ބޭރުގެ ދަރަނި އަދާކުރުމަށް ކުރަންޖެހުނު ހަރަދު ފާއިތުވި 11 ކުއާޓާގައި ބޭރުގެ ދަރަނި އަދާކުރުމަށް ކުރި ހޭދައަށްވުރެ މަތިވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ. 

ފިނޭންސް މިނިސްޓްރީން ކޮންމެ ކުއާޓާއެއްގައި އާއްމުކުރާ ކުއާޓާލީ ޑެޓް ބުލެޓިންގައި ބަޔާންކޮށްފައިވާ ގޮތުން  މި އަހަރުގެ ފުރަތަމަ ކުއާޓާގައި ބޭރުގެ ދަރަނީގެ އަސާސީ އަދަދުތައް ދެއްކުމަށް 2.2 ބިލިއަނަަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ. 

އެގޮތުން ދޭދޭ ގައުމުތަކުން ނަގާފައިވާ ދަރަނި އަދާކުރުމަށް 152.6 މިލިއަން ރުފިޔާ އަދި އިމްޕޯޓުގެ ހަރަދުތަކަށް ނަގާފައިވާ ލޯނު ނުވަތަ ބަޔާސް ކްރެޑިޓު އަދާކުރުމަށް 468.6 މިލިއަން ރުފިޔާ އަދި މަލްޓިލެޓެރަލް އެޖެންސީތަކުން ނަގާފައިވާ ލޯނުތައް ދެއްކުމަށް 128.6 މިލިއަން ރުފިޔާއާއި އަމިއްލަ ބޭންކުތަކާއި މާލީ މުއައްސަސާތަކުން ނަގާފައިވާ ދަރަނި އަދާކުރުމަށް 1.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. 

2022 ވަނަ އަހަރުގެ ދެވަނަަ ކުއާޓާއިން ފެށިގެން 2025 ގެ ފުރަތަމަ ކުއާޓާއާ ހަމައަށް ފާއިތުވި 11 ކުއާޓާގައި ބޭރުގެ ދަރަނި އަދާކުރުމަށް އެންމެ ބޮޑު ހަރަދެއް ހިނގީ 2025 ގެ ފުރަތަމަ ކުއާޓާގައެވެ. އެ މުއްދަތުގައި ދެން އެންމެ ބޮޑު އަދަދެއް ބޭރުގެ ދަރަނި ދެއްކުމަށް ހޭދަކުރީ 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓާގަައެވެ. އެ ކުއާޓާގައި އަސާސީ ދަރަނި އަދާކުރުމަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރިއެވެ. 

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ބޭރުގެ ދަރަނީގެ އިންޓަރެސްޓު އަދާކުރުމަށް 349.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެއީ ދޭދޭ ދައުލަތްތަަކުގެ ދަރަނީގެ އިންޓަރެސްޓުގެ ގޮތުގައި ދައްކަންޖެހުނު 41.3 މިލިއަން ރުފިޔާއާއި، ބަޔާސް ކްރެޑިޓްގެ ގޮތުގައި ނަގާފައިވާ ލޯނުގެ އިންޓަރެސްޓުގެ ގޮތުގައި ދައްކަންޖެހުނު 160 މިލިއަން ރުފިޔާއާއި މަލްޓިލެޓެރަލް މުއައްސަސާތަކުން ނަގާފަައިވާ ލޯނުތަކުގެ އިންޓަރެސްޓަށް ދެއްކި 63.1 މިލިއަން ރފިޔާއާއި އަމިއްލަ ބޭންކުތަކާއި މާލީ މުއައްސަސާތަކާއި ވިޔަފާރިތަކުން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓުގެ ގޮތުގައި ދައްކަންޖެހުނު 84.8 މިލިއަން ރުފިޔާއެވެ. 

އެހެންކަމުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި ބޭރުގެ ދަރަނި އަދާކުރުމަށް ޖުމްލަ 2.6 ބިލިއަން ރުފިޔާ ހަރަދުކުރިއެވެ. އަހަރުގެ މިހާތަނަށް އައިއިރު ދަރަނި އަދާކުރުމަށް ކުރި ހަރަދުވަނީ ފަސް ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައެވެ. 

މި އަހަރު 500 މިލިއަން ޑޮލަރުގެ ދަރަނި އަދާކުރަންޖެހޭއިރު އަންނަ އަހަރަކީ ރާއްޖެއިން އެންމެ ބޮޑު އަދަދެއް ދަރަނި އަދާކުރުމަށް ހޭދަކުރަންޖެހޭ އަހަރެވެ. އަންނަ އަހަރު އެއް ބިލިއަން ޑޮލަރު ދަރަނި އަދާކުރުމަަށް ހާދަކުރަންޖެހޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު