ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

މިނިސްޓަރު ސައީދުގެ ބައްޕާފުޅު އަވަހާރަވެއްޖެ، ހިދުމަތުގެ އަގުވަޒަންކުރެއްވުމާއެކު ރައީސްގެ ތައުޒިޔާ

20 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

މިނިސްޓަރ ސައީދުގެ ބައްޕާފުޅު ސައީދު އަބްދުﷲ

އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދުގެ ބައްޕާފުޅު ހއ.ތުރާކުނު، ވިނަރެސް، ސައީދު އަބްދުﷲ އަވަހާރަވުމާ ގުޅިގެން އޭނާގެ ހިދުމަތުގެ އަގުވަޒަންކުރެއްވުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އޭނާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޝާއިއުކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ ސައީދު އަބްދުﷲ އަވަހާރަވީ ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމުގައެވެ. 

ސައީދު އަބްދުﷲގެ ހިދުމަތަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ މަރުހޫމަކީ ހއ.ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި ގަދަރުވެރި ބޭފުޅެއް ކަމަށެވެ. އަދި އޭނާއަކީ ހުލްގު ހެޔޮ، ދީނވެރި، ހަރުދަނާ ޝަހުސިއްޔަތެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. 

މަރުހޫމުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވުމާއެކު އެ ބޭފުޅުންނަށް މި ހިތާމަވެރި ވަގުތުގައި ކެތްތެރިކަން މިންވަރުކުރެއްވުން އެދިވަޑައިގެން ރައީސް ދުއާކުރެއްވިއެވެ. 

އަދި ރައީސްގެ މެސެޖު ނިންމަވައިލެއްވީ މަރުހޫމު ސައީދު އަބްދުﷲއަށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުމާއި، ސުވަރުގޭގެ މަތިވެރި ނިއުމަތާއި ރަހުމަތް މިންވަރުކޮށްދެއްވުން އެދިވަޑައިގެން ކުރެއްވި ދުއާއިންނެވެ. 

މިނިސްޓަރު ސައީދަކީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހާ ހަމައަށް އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރުކަން ކުރެއްވުމަށްފަހު، 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނޮވެންބަރު މަހާ ހަމައަށް މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސްގެ ނައިބުރައީސެވެ. 

ކިޔުންތެރިންގެ ހިޔާލު