ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

މޭ މަހުގެ ނިޔަލަށް ޕީޖީ އޮފީހަށް 592 މައްސަލަ، ފުލުހުން 581 މައްސަލަ ފޮނުވި

20 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފު، ފޮޓޯ: މިހާރު

މި އަހަރުގެ ޖަނަވަރީން ފެށިގެން މޭ މަހުގެ ނިޔަލަށް ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ތަހުގީގީ އިދާރާތަކުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް 592 މައްސަލައެއް ފޮނުވާފައިވާކަން އެ އޮފީހުން ހާމަކޮށްފިއެވެ. 

ޕީޖީ އޮފީހުން "އެމްއެމްޓީވީ"އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު އެ އޮފީހަށް ދައުވާކުރުމަށް އެދި ފޮނުވި މައްސަލަތަކުގެ ބޮޑު ބަޔަކީ ފުލުހުންގެ ހިދުމަތުން ތަހުގީގުކުރުމަށްފަހު ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ފޮނުވާަފައިވާ މައްސަލަތަކެވެ. 

އެގޮތުން ފުލުހުންގެ ހިދުމަތުންވަނީ އެ މުއްދަތުގެ ތެރޭގައި 581 މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައެވެ. ފުލުހުން ތަހުގީގުކުރި މައްސަލަތަކުގެ ބާވަތަށް ބަލާއިރު އެންމެ ގިނައީ މަސްތުވާ ތަކެތީގެ މައްސަލަތަކެވެ. ދެން އެންމެ ގިނައީ މާރާމާރީގެ މައްސަލަތަކެވެ.

ފުލުހުން ތަހުގީގުކުރުމަށްފަހު ދައުވާކުރަން ފޮނުވި މައްސަލަތަކުގެ ބާވަތްތަައް: 

  • މަސްތުވާތަކެތީގެ މައްސަލަތައް: 317 
  • ވައްކަން: 88 
  • ޖިންސީ ގޯނާގެ މައްސަލަތައް: 28 
  • މާރާމާރީ: 73 
  • މަރު: 2 
  • އަމުރަށް ނުކިޔަމަންތެރިވުން: 17 
  • ޖަލަށް ތަކެތި ވެއްދުން: 1 
  • ސައިބާ ކްރައިމް: 1 
  • ސިހުރު ހެދުން: 3 
  • ހިޔާނާތް: 23 
  • އަނިޔާއެއް ދިނުން: 27 
  • ފަރުވާކުޑަކޮށް އަލިފާން ގެންގުޅުން: 1 

ފުލުހުންގެ އިދާރާގެ އިތުރަށް ޕީޖީ އޮފީހަށް މައްސަލަތައް ފޮނުވާފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިންނެވެ. އޭސީސީން ޖަނަވަރީން މޭ މަހުގެ ނިޔަލަށް ތަހުގީގުކޮށް ނިންމައި ދައުވާކުރުމަށް ފޮނުވާފައިވަނީ 5 މައްސަލައެވެ. އަދި ކަސްޓަމުން ފޮނުވާަފައިވަނީ 6 މައްސަލައެވެ. 

އޭސީސީން ފޮނުވީ ހިޔާނާތުގެ އެއް މައްސަލައާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގފެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ އެއް މައްސަލައާއި، ކޮރަޕްޝަނުގެ ދެ މައްސަލައެއްގެ އިތުރަށް މަކަރާއި ހީލަތް ހެދުމުގެ އެއް މައްސަލައެވެ. 

ކަސްޓަމްސްއިން ފޮނުވާފައިވަީ ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރުކުރުމުގެ އެއް މަައްސަލައާއި ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ތިން މައްސަލައަކާއި ރާއްޖެއަށް ގެނައުން މަނާ ތަކެތި ގެންގުޅުމުގެ އެއް މައްސަލަައެވެ. 

މި އަހަރުގެ އެ މުއްދަތުގައި ޕީޖީ އޮފީހުން 124 މައްސަލައެއްގައި ކޯޓުތަކުގައި ދައުވާ އުފުލާފައިވެއެވެ. އެއިން 28 މައްސަލައެއް ސާބިތުވާކަމަށް ނިމިފައިވެއެވެ. މި އަހަރު ހުށަހެޅި އެއްވެސް މައްސަލައެއް މިހާތަނަށް ސާބިތުނުވާކަމަށް ނިމިފައިނުވެއެވެ. 

ކިޔުންތެރިންގެ ހިޔާލު