ENGLISH

19 ޖުލައި 2025

Advertisement

ފޭރުމުގެ ތުހުމަތުގައި ހައްޔަރުކުރަން އުޅުމުން ފުލުހުންނަށް ހަމަލާދީ އޮފިސަރަކު ޒަހަމްކޮށްލައިފި

19 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ފުލުހުންގެ ހިދުމަތުގެ އޮފިސަރުން ހަަރަކާތްތެރިވަނީ

މީހަކު މަގުމަތިން ހިފަހައްޓައި ބިރުދެއްކި މައްސަލައެއްގައި ބަޔަކު ހައްޔަރުކުރަން މަސައްކަތްކުރި ފުލުހުންނަށް ހަމަލާދީ ފުލުހުންގެ އޮފިސަރެއް ޒަަހަމްކޮށްލައިފިއެވެ. 

ފުލުހުން ބުނި ގޮތުގައި ހެންވޭރު ލޮނުޒިޔާރަތް މަގުގައި މީހަކު ހިފަހައްޓައި ތޫނު ހަތިޔާރު ބޭނުންކޮށްގެން އޭނާއަށް ބިރުދައްކައި އެކައުންޓުން 200 ރުފިޔާ ޓްރާންސްފާ ކުރުވި މައްސަލައެއް ފުލުހުންގެ ހިދުމަތަށް ރޭ 23:57 ހައިރު ރިޕޯޓުކުރުމާ ގުޅިގެން އެ ސަރަހައްދަށް ފުލުހުން ދިޔަ ކަމުގައެވެ. 

އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިއުމުން އެ މައްސަަލާގައި ތުހުމަތުވާ މީހުން އެ ސަރަހައްދުގައި ހުރި ގެއެއްގެ ތެރޭގައި ތިބިކަމަށް މައުލޫމާތު ލިބުމާ ގުޅިގެން، އެ ގެއަށް ވަނުމަށް ފުލުހުން މަސައްކަތްކުރިއެވެ. އެމީހުންވަނީ ފުލުހުން އެގެއަށް ވަނަނުދިނުމަށް ފުލުހުންނާ ކުރިމަތިލައި މާރާމާރީ ހިންގާފައެވެ. 

އެ މާރާމާރީގައި ފުލުހުންގެ އޮފިސަރަކަށް އަނިޔާވި ކަމުގައިވެސް ފުލުހުން ރިޕޯޓުކޮށްފަައިވެއެވެ. އަދި މާރާމާރީ ހިންގައި ފުލުހުންގެ ދައުރަށް ހުރަސްއެޅުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކުރި ކަމަށްވެސް އެ ހިދުމަތުންވަނީ ބުނެފައެވެ. 

އެ މައްސަލާގައި ހައްޔަރުކުރީ ނ.ވެލިދޫ ފަރީސާ މަންޒިލްގޭ ހަސަން ލުޖައިން މުހައްމަދު (23އ.)އާއި ހ.ކަނޑުފިނިގޭ، މުހައްމަދު ޝަފީއު (55 އ) އެވެ. 

އެ މީހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުސް އޮފިސަރަކަށް އަނިޔާވެފައިވާއިރު، ބާރުގެ ބޭނުންކުރަންޖެހުމުގެ ސަބަބުން ހައްޔަރުކުރި ދެ މީހުންނަށްވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. 

އެ މީހުން ހައްޔަރުކުރުމަށްފަހު ބަންދުގައި ބޭތިއްބުމާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން އެމީހުން ފަސް ދުވަހު ބަންދުގައި ބައިތިއްބަން އަމުރުކޮށްފައިވެއެވެ. 

މި މައްސަލައިގަ އަނިޔާވި ފުލުސް އޮފިސަރުގެ އިތުރަށް ހައްޔަރުކުރި ދެ މީހުންނަށްވެސް ފަރުވާދީފައިވާަ ކަމަށް ފލުހުންގެ ހިދުމަތުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު