ENGLISH
20 ޖުލައި 2025
މާރުކުރާ ޑޮލަރުން އެމްއެމްއޭގެ ރިޒާވަށް 60 އިންސައްތަ، ބާކީ ދިވެހި ބޭންކުތަކަށް
19 ޖުލައި 2025
|
އެކި ސަރުކާރުތަކުން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުމަށްޓަކައި ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަކީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އެއީ މިވަގުތު ރާއްޖޭގެ އިޤްތިޞާދަށް ވެސް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައެވެ. އެ މައްސަލައިގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގެ ބޭންކުތަކަށް ބޭނުންވާ ވަރަށް ބޭރު ފައިސާ ނުލިބުމެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިޤްތިޞާދީ މި އަނދަވަޅުން އަރައިގަތުމަކީ ނުހަނު މުހިއްމު ކަމެކެވެ. އެ ހާލަތު ބަދަލުކުރުމަށް ރާއްޖޭގެ މަރުކަޒީ ބޭންކުން މިހާރު ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފައެވެ.
އެމްއެމްއޭއިން ގެނައި އެންމެ ހަރުދަނާ ފިޔަވަޅަކީ، ބޭރު ފައިސާގެ ޤާނޫނަށް ބަދަލުތަކެއް ގެނެސް ރާއްޖޭގޭ ޓޫރިޒަމް ފެސިލިޓީތަކަށް ލިބޭ އާމްދަނީގެ %20 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކުރުމެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ގެނައި އެ ބަދަލާއެކު، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 362 މިލިއަން ޑޮލަރު ބޭންކުތަކަށް ވަނީ މާރުކޮށްފައެވެ. އެ އަދަދުގެ 60 އިންސައްތަ އެމްއެމްއޭއަށް ވަނީ ލިބިފައެވެ. އެ ސިޔާސަތު 20 މެއި، 2025 ގައި ބަދަލުކޮށް އެމްއެމްއޭއަށް 90 އިންސައްތަ ޑޮލަރު ނެގުމަށް މިހާރު ވަނީ ނިންމައިފައެވެ. އެ ބަދަލު ގެނަޔަސް މަރުކަޒީ ބޭންކުގެ ބޭނުމަށް އަދިވެސް ނަގަނީ 60 އިންސައްތައެވެ.
ސުވާލަކީ ބާކީ 30 އިންސައްތައަށް ވަނީ ކިހިނެއްތޯ އެވެ.
ބަދަލާއެކު އެމްއެމްއޭއަށް ނަގާ 90 އިންސައްތައިގެ ތެރެއިން 60 އިންސައްތަ އެމްއެމްއޭއަށް ނެގުމަށްފަހު، ބާކީ 30 އިންސައްތަ ވަކި އުސޫލެއްގެ މަތީން އަނބުރާ ފޯރުކޮށްދޭނީ ބޭންކުތަކަށެވެ. އެ 30 އިންސައްތަ ބޭންކުތަކަށް ބެހުމުގައި އެމްއެމްއޭއިން އެންމެ އިސްކަމެއް ދެނީ ރާއްޖޭގެ ބޭންކުތަކަށެވެ.
ބޭންކުތަކަށް އަނބުރާ ދެވޭ މި 30 އިންސައްތަ ބޭނުންކުރަން ޖެހޭ ވަކި ކަންތައްތަކެއް ވެސް ހުރެއެވެ. އެގޮތުން، އެމްއެމްއޭއިން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އާންމުންގެ އެކިއެކި ޒަރޫރީ ބޭނުން ތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ހޭދަތަކަށް ހިމެނެއެވެ. އަދި މި އަދަދުގެ ބޮޑު އިންސައްތައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންކުރެވެއެވެ.
އެމްއެމްއޭގެ މި އިންޓަވެންޝަންގެ އަސަރު މިހާރު ވެސް ފެންނަމުން އެބަދެއެވެ. ބޭރުފައިސާގެ ޤާނޫނު ތަންފީޒުކުރަން ފެށުމުގެ ކުރީން އެސްއެމްއީ ތަކަށް 5 އިންސައްތައިގެ ޑޮލަރު ސަޕޯޓެއް ޓީޓީ ހެދުމަށް ދެމުން ދިޔައިރު މިހާރު އެ އަދަދު ވަނީ 30 އިންސައްތައަށް އިތުރުވެފައެވެ.
އެމްއެމްއޭގެ ނިންމުންތަކާއި ޙަވާލާދޭއިރު، ހަގީގަތުގައި ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން ސަރުކާރުގެ ބޭނުންތަކަށް އަދިވެސް ބޭނުންކުރަނީ %60 އިންސައްތައެވެ.