ENGLISH
18 ޖުލައި 2025
ވިނަރެސް އިމާރާތަކުން ވެއްޓި ނިޔާވި ޒުވާނާގެ ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ
17 ޖުލައި 2025
|
ވިނަރެސް
ވިނަރެސް ފްލެޓް އިމާރާތަކުން ވެއްޓި މިއަދު ނިޔާވި އުމުރުން 18 އަހަރުގެ ޝިއާން ޙަބީބުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޝިއާންގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާފަ އެވެ.
އަދި މަރްޙޫމް ޝިއާން ޙަބީބު، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެެއްވުން އެދިވަޑައިގެންފައިވެ އެވެ.
ޝިއާން ވެއްޓިފައި ވަނީ ވިނަރެސްގެ އަށް ވަނަ ޓަވަރުންނެވެ. ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
އޭނާ ވެއްޓެން ދިމާވި ސަބަބެއް ވެސް ސާފެއް ނުވެ އެވެ.