ENGLISH

18 ޖުލައި 2025

Advertisement

މާޅޮހުގައި މީހަކު މަރާލުން: ހަޤީޤަތް ހޯދާ ދެނެގަތުމުގެ މަސައްކަތް ކުރިއަށް

17 ޖުލައި 2025

|

އަޙުމަދު ޙަމީދު

އއ. މާޅޮސް، އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު މާލެ ގެނައުން -- ފޮޓޯ: ވޮއިސް

އއ. މާޅޮހުގައި މަރާލި އެ ރަށު އަބްދުއްރަޙްމާން އާދަމްގެ ގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މަރުހޫމް އަބްދުއްރަޙްމާން އާދަމްގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެފަރާތްތަކުގެ އެއްބާރުލުމާއެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށެވެ.

އަދި ބުނީ މި ތަހުޤީޤުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުޤީޤު ކުރިއަށްދާ މިންވަރަކުން ތަހުޤީޤާ ގުޅޭގޮތުން ހާމަކުރެވެން ހުރި މަޢުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށެވެ.

ތަހުޤީޤަށް ބޭނުންވާ ތަޙުލީލުތައް ހެދުމަށް އަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު މާލެ ގެނެސް އަންނަ ހޯމަ ދުވަހު ޕޯސްޓްމޯޓަށް އިންޑިއާއަށް ފޮނުވަން ވަނީ ނިންމާފަ އެވެ.

ޕޯސްޓްމޯޓަމް ހަދަނީ މަރުގެ ސަބަބު ދެނެގަތުމަށެވެ.

އަބްދުއްރަޙްމާނަށް ބޮޑެތި ހަމަލާތަކެއްދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައި އޮއްވާ ފެނުނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. މާޅޮހު ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ އެ ރޭ ފަތިހު އެވެ.

ކިޔުންތެރިންގެ ހިޔާލު