ENGLISH

18 ޖުލައި 2025

Advertisement

ހައިކޯޓުން ހުސްވި ފަނޑިޔާރު ކަމުގެ ދެ މަޤާމަށް 11 ބޭފުޅަކު

17 ޖުލައި 2025

|

އަޙުމަދު ޙަމީދު

ހައިކޯޓް -- ފައިލް ފޮޓޯ

ހައިކޯޓުން ހުސްވި ފަނޑިޔާރު ކަމުގެ ދެ މަޤާމަށް ހުޅުވާލުމުން 11 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ހައިކޯޓްގެ ފަނޑިޔާރު ކަމަށް ހުޅުވާލީ އެ ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ޙުސައިން ޝަހީދާއި ފަނޑިޔާރު މުޙައްމަދު ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ.

އެ މަޤާމުތަކަށް ބޭފުޅުން ހަމަޖެއްސެވުމަށް ހުޅުވާލުމުން 11 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެެސްސީ) އިން ވަނީ ބުނެފަ އެވެ. އެއީ:

* ޖޭއެސްސީ މެމްބަރު އަލީ އަބްދުއްލަތީފް

* ޑްރަގް ކޯޓުގެ ފަނޑިޔާރު އާދަމް ޢާރިފް

- ސިވިލް ކޯޓުގެ ފަނޑިޔާރު ޙާފިޒާ އަބްދުއްސައްތާރު

- ސިވިލް ކޯޓުގެ ފަނޑިޔާރު ޙަސަން ފަހީމް

- ހައި ކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު

- ކުރީގެ މެޖިސްޓްރޭޓް މުޙައްމަދު ރާޣިބް

- ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު އިބްރާހިމް އަލީ

- ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ

- ހޯމް މިިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު

ކިޔުންތެރިންގެ ހިޔާލު