ENGLISH
19 ޖުލައި 2025
ރައީސް ޑރ.މުޢިއްޒު އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއާ ބަައްދަލުކުރައްވައިފި
17 ޖުލައި 2025
|
ރަސްގެފާނު ޗާލްސްއާއި ރައީސް ޑރ.މުޢިއްޒު ބައްދަލުކުރައްވަނީ
ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތުގެ ރަސްގެފާނު ކިންގް ޗާލްސް ތިނެއްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
އިނގިރޭސިވިލާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުވަނީ އެ ގައުމުގެ އެހެނިހެން ބައެއް ވެރިންނާވެސް ބައްދަލުކުރައްވާފައެވެ.
އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް، ރައިޓް އޮނަރަބަލް ޑޭވިިޑް ލެމީ އެމް.ޕީ، އަދި އިނގިރޭސިވިލާތުގެ ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސް، ރައިޓް އޮނަރަބަލް ސަރ ލިންޑްޒޭ ހޮޔިލް އެމް.ޕީވަނީ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތުތަކެއް ކުރައްވައި އެމަނިކުފާނާ ބައްދަލުކުރައްވާފައެވެ.
މިއަދު ހެނދުނު ވިންޑްސޯ ގަނޑުވަރުގައި ރައީސް ޗާލްސްއާ ބައްދަލުކުރައްވައި ދެބޭފުޅުންވަނީ ރާއްޖެއާއި އިނގިރޭސިވިލާތުގެ މެދުގައި އޮތް ގުޅުމާމެދު މަޝްވަރާކުރައްވާފައެވެ. އަދި ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކުރެއްވުމާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުން ބާއްވަވާފައިވާއިރު، އަންނަ މިނިވަންދުވަހު ރާއްޖެއާއި އިނގިރޭސިވިލާތުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރުވާނެއެވެ.