ENGLISH

19 ޖުލައި 2025

Advertisement

އުދައިގެ އިންޒާރާއެކު މުޅި ރާއްޖެއަށް ހުދު ސަމާލު

17 ޖުލައި 2025

|

އަޙުމަދު ޙަމީދު

ބުރިޖާއި ހައިވޭ ގުޅޭ ސަރަޙައްދަށް އުދަ އަރާފައި -- ފައިލް ފޮޓޯ

އުދައި އަރާފާނެ ކަމުގެ އިންޒާރާއެކު މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.

މިއަދުން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މެޓް އޮފީހުން މިހާރު ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފަ އެވެ. އެ ސަމާލު ނެރެފައި ވަނީ އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށެވެ.

މެޓް އޮފީހުން ބުނީ މި ވަގުތުތަކުގައި އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެން ކަމުން ސަމާލު ވުމަށް ވަނީ އެދިފަ އެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން އިއްޔެ ބުނީ މާދަމާ އިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަަހު ރާއްޖެ ސަރަޙައްދަށް ހުޅަނގު މޫސުމުގެ ބާރުގަދާވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެ ގޮތުން ވައި ބާރުވެ ކަނޑުތައް ގަދަވެ އަދި ބޮޑު ބަޔަކަށް ވިއްސާރާނެ ކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

* ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވާނެ

* ކަނޑުތައް, ޚާއްސަކޮށް ކަނޑުއޮޅިތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ

* ބޮޑު ބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ

* ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ

މެޓުން ވަނީ އެކަމަށް ހުރިހާ އެންމެންވެސް ސަމާލުވާން އިލްތިމާސް ކޮށްފަ އެވެ. ޚާއްސަކޮށް ދަތުވެރީން މޫސުމަށް ސަމާލުވެ ދަތުރަށް ފުރުމުގެ ކުރީން އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު