ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ޚާއްސަ މެސެޖުތަކާއެކު ފުލުހުން މަގުތަކަށް, "ލަސްވުމަށް ވުރެ ފުރާނަ މުހިންމު"

17 ޖުލައި 2025

|

އަޙުމަދު ޙަމީދު

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް ފެށުން -- ޕޮލިސް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް ހުޅުމާލޭ ގައި ފަށައިފި އެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތް، މި މަހު 16 ވަނަ ދުވަހު ފަށާފައިވަނީ ހުޅުމާލެ ފޭސް 1 ގައެވެ. މި ހަރަކާތް ހުޅުމާލެ ފޭސް 2 ގައި މިއަދު ކުރިއަށް ގެންގޮސްފައިވެ އެވެ.

ހުޅުމާލެ އަވައްޓެރި ފުލުހުން ކުރިއަށް ގެންދާ މި ހަރަކާތުގައި، ހެނދުނު އޮފީސްތަކަށާއި ސްކޫލުތަކަށް ދަތުރުކުރާއިރު އަދި އެކި ވަގުތު ތަކުގައި އެކި މަގުތަކަށް ފުލުހުން ނުކުމެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ފޯރުކޮށްދެމުންދެ އެވެ.

އެކްސިޑެންޓް ހިނގައިގެން އުޅޭ މަންޒަރު ސިފަކޮށްދީ ތިމާއާއި އަނެކުންގެ ސަލާމަތަށް ބަލައިގެން އުޅަނދު ދުއްވުމަށް ބާރުއަޅައި އެހެން ހުރިހާ އެއްޗަކަށް ވުރެ ފުރާނައިގެ އަގުބޮޑުކަން ހަނދާން ކޮށްދެމުން ދެ އެވެ.

މީގެ އިތުރުން، ދުވެލި މަޑުކުރުމަށާއި ފުރާނައިގެ އަގުބޮޑުކަން ހަނދާންކޮށްދިނުމަށް ލައުޑް ސްޕީކަރު ބޭނުންކޮށްގެން ވެސް މަޢުލޫމާތު ހިއްސާ ކުރަމުންދާނެ އެވެ. މި ހަރަކާތަށް ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއި ސަމާލުކަމެއް ލިބެމުންދާ ކަން ފުލުހުން ފާހަގަ ކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު