ENGLISH

19 ޖުލައި 2025

Advertisement

މި މަހުގެ ފުރަތަމަ 15 ދުވަަހު އައި ފަތުރުވެރިންގެ އަދަދު %14 އިތުރުވެއްޖެ

17 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.5 އިންސައްތަ އިތުރުވެފައިވޭ

ހިނގަމުންދާ ޖުލައި މަހުގެ ފުރަތަަމަ 15 ދުވަހު ރާއްޖެއަށް އައި ފަަތުރުވެރިންގެ އަދަދު ނިމުނު އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 14 އިންސައްތަ އިތުރުވެފއިވާކަން ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. 

މިނިސްޓްރީ އޮފް ޓޫރިޒަމުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ ފުރަތަމަ 15 ދުވަހު ރާއްޖެއަށް އައިސްފައިވަނީ 87،563 ފަތުރުވެރިންނެވެ. ނިމުނު އަހަރުގެ އެ މުއްދަަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 76،838 ފަތުރުވެރިންނެވެ. އެހެންކަމުން މި އަހަރު ފަތުރުވެރިން އައި މިންވަރު 14 އިންސައްތައިން އިތުރުވެފައިވެއެވެ. 

ޖުލައި މަހުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދަށް ބަލާއިރު އެވެރެޖުކޮށް ދުވާލަކު 5،838 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ ޖޫން މަހު ދުވާލަކު އެވެރެޖުކޮށް އައި 4،726 މީހުންނާ އަޅާބަލާއިރު 23.5 އިންސައްތައިގެ އިތުރުވުމެކެވެ. 

ޖުމްލަކޮށް މުޅި އަހަރަށް ބަލާއިރު މި އަހަރުގެ މިހައިތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ނިމުނު އަހަރަށްވުރެ 9.5 އިންސައްތަ އިތުރެވެ. މި އަހަރު އައީ 1،195،693 (އެއް މިލިއަން އެއްލައްކަ ނުވަދިހަފަސްހާސް ހަސަތޭކަ ނުވަދިހަތިން) ފަތުރުވެރިންނެވެ. އެހެންކަމުން ނިމުނު އަހަރަށްވުރެ މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.5 އިންސައްތަ އިތުރެވެ. މި އަހަރު އެވެރެޖުކޮށް ދުވާލަކު 6،100 މީހުން ރާއްޖެއަށް އައިސްފައިވެއެވެ. 

މި އަހަރު ރާއްޖެއަށް އައި ފަތުރުުވެރިންގެ ތެރެއިން 72.8 އިންސައްތަ ފަތުުރުވެރިން އައީ ރިސޯޓުތަކަށެވެ،. އެގޮތުން 869،932 ފަތުރުވެރިން ރިސޯޓުތަކށް އައިސްފައިވާއިރު ގެސްޓުހައުސްތަކަށް އައީ ޒިޔާރަތްކުރި ފަތުރުވެރިންގެ 266،388 ފަތުރުވެރިންނެވެ. ހޮޓާތަކަށް 32،684 ފަތުރުވެރިން އައި ސަފާރީ އުޅަނދުފަހަަރަށް 25،828 ފަތުރުވެރިން އައިސްފައިވެއެވެ. 

ރާއްޖެއަަށް އަންނަ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 175 ރިސޯޓުގައި 44،047 އެނދު އޮޕަރޭޓުކުރަމުންދާއިރު، 107 ގެސްޓުހައުސެއްގައި 14،854 އެނދު އޮޕަރޭޓުކުރަމުންދެއެވެ. އަދި ނުވަ ހޮޓަލެއްގަިއ 2،310 އެނދު އޮޕަރޭޓުކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު