ENGLISH

19 ޖުލައި 2025

Advertisement

ހޯމަދުވަހުން ފެށިގެން އުއްތަމަފަނޑިޔާރު ރިޓަޔާކުރައްވާނެ

17 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން

އަންނަ ހޯމަދުވަހުން ފެށިގެން އުއްތަމަފަނޑިޔާރުކަމުން އަލްއުސްތާޛު މުޢުތަޞިމް ޢަދުނާނު ރިޓަޔާކުރައްވާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. 

މިއަދު ބޭއްވި ޖުޑީޝަލް ސާވިސް ކޮމިޝަަން (ޖޭއެސްސީ)ގެ ބައްދަލުވުމުގައި އެ ކޮމިޝަނުންވަނީ އުއްތަމަފަނޑިޔާރު ރިޓަޔާކުރައްވަން ހުއްދަ ދިނުމަށް ފާސްކޮށްފައެވެ. އެމަނިކުފާނު މަގާމުން އިސްތިއުފާދެއްވަން ހުށަހެޅުއްވީ ފާއިތުވި މޭ މަހުއެވެ. 

ޖޭއެސްސީން އެމަނިކުފާނަށް ރިޓަޔާކުރުމުގެ ހުއްދަ ދިނުމަށް ނިންމުމާއެކު އިނާޔަތްތަައް ލިބިވަޑައިގަންނަވާ ގޮތަށް ޝަރަފުވެރިކަމާއެކު މަގާމުން ދުރުވެވަޑައިގަތުމުގެ ފުރުސަތު ލިބޭނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ ހޯމަދުވަހު އެމަނިކުފާނު މަގާމުން ވަކިވެވަޑައިގަންނަވާނެއެވެ. 

މުޢުތަޞިމް ވެވަޑައިގަންނަވާނީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ދަށުން އުއްތަމަފަނޑިޔާރުކަމުން ރިޓަޔާކުރައްވާ ފުރަތަމަ ބޭފުޅާއަށެވެ. އެމަނިކުފާނުގެ ކުރިން އެމަގާމަށް އައްޔަަންކުރެވުނު ހުރިހާ ބޭފުޅުންވެސް މަގާމުން ވަކިކުރީއެވެ. 

އިނގިރޭސިވިލާތުން ގާނޫނީ ދާއިރާއާއި ފަލްސަފާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ މުއުތަސިމަކީ 2009 ވަނަަ އަހަރުން ފެށިގެން 2014 ޑިސެންބަރާ ދެމެދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަލުން އެ ކޯޓަަށް އޭނާ އައްޔަންކޮށް އުއްތަމަފަނޑިޔާރުގެ މަގާމަށް ހަމަޖެއްސީ 2019 ވަނަ އަހަރުއެވެ. 

ކިޔުންތެރިންގެ ހިޔާލު