ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

އޮޓޮޕްސީ ހެދުމަށް އަބްދުއްރަހުމާނުގެ ހަށިގަނޑު ހޯމަދުވަހު އިންޑިޔާއަށް ފޮނުވަނީ

17 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

އަބްދުއްރަަހްމާން އާދަމް

އަނިޔާވެރި ގޮތަކަށް މަރާލާފައިވަނިކޮށް އއ.މާޅޮހުން ފެނުނު އަބްދުއްރަަހްމާން އާދަމްގެ ހަށިގަނޑު އަންނަ ހޯމަދުވަހު އޮޓޮޕްސީ ހެދުމަށް އިންޑިޔާއަށް ފޮނުވަން ހަމަޖެހިފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ. 

އަބްދުއްރަހްމާނުގެ ހަށިގަނޑު ފެނުނީ އޭނާއާއި އަނބިމީހާ ދިރިއުޅޭ ގެއިންނެވެ. ހަށިގަނޑު ފެނުނުއިރު ބޮލަށް ބޮޑެތި އަނިޔާތަކެއް ދީ ޒަހަަމްކޮށްފއިވާކަން ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު 1:30 ހާއިރުއެވެ. 

އިތުރު ފަރުވާ ދިނުމަށް މާޅޮހު ސިއްހީ މަރުކަޒަށް އަބްދުއްރަހްމާން ގެންދިޔަތާ ކުޑައިރުކޮޅެއް ފަހުން އެރެރޭ ފަތިހު އޭނާ ނިޔާވިއެވެ. 

އެ ދުވަހު ފުލުހުންވަނީ އޭނާގެ ހަށިގަނޑު މާލެއަށް ގެނެސްފައެވެ. މާލެއަށް އޭނާގެ ހަށިގަނޑު ގެނައީ އޮޓޮޕްސީ ހެދުމަށް ބޭރަށް ފޮނުވުމަށެވެ. ފުލުހުން ބުނި ގޮތުގައި މި މަހުގެ 21 ވަނައަށްވާ ހޯމަދުވަހު އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަނީ އިންޑިޔާގެ ޓްރިވެންޑްރަމަށެވެ. 

އަބްދުއްރަހުމާނުގެ މަރަށް ފަސް ދުވަސްވީއިރު މިހާތަނަށް އެ މަސައްލާގައި މީހަކު ހައްޔަރުކުރިކަން ފުލުހުން ހާމަނުކުރެއެވެ. ފުލުހުންވަނީ އެ މައްސަލައާ ގުޅިގެން ފޮރެންސިކް ހެކިތައް އެއްކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި ތަހުގީގުގެ ތެރެއިން ރަަށުގެ ބައެއް މީހުންނާ ސުވާލުކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު