ENGLISH
17 ޖުލައި 2025
ފައިސާ ނެގުމަށް ފަހު އަސްކޮއި ގުރޫޕުން ބަޔަކު ޢުމްރާއަށް ނުގެންދިޔަ މައްސަލައެއް
16 ޖުލައި 2025
|
ބަޔަކު ކައުބާގައި އަޅުކަމުގައި --
ފައިސާ ނެގުމަށް ފަހު އަސްކޮއި ގުރޫޕުން ބަޔަކު ޢުމްރާއަށް ނުގެންދިޔަ މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު މިނިސްޓްގެ ސަމާލުކަމަށް މިރޭ އިރާކޮޅުގައި ވަނީ އައިސްފައި ކަމަށެވެ.
މި މައްސަލަ ފުލުހަށް ހުށަހަޅައި ޤަވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ވަރަށް ގިނަ ބަޔަކު ވަނީ އެ މީހުންނަށް އަސްކޮއި ގުރޫޕުން ލަނޑު ދީފައިވާކަން ބުނެ އެކަން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. އެ މީހުން ބުނީ އެންމެ ފަހު ވަގުތު ޢުމްރާއަށް ނުދެވޭނެ ކަން އަންގާފައިވާ ކަމަށެވެ. އަދި ފަހުން ފޯނަށް ޖަވާބު ނުދީ ނިއްވާލާފައިވާ ކަަމަށެވެ.
ގުރޫޕްގެ ވެރީން ފިލާފައިވާ ކަަމަށް ވެސް ބުންޏެވެ.