ENGLISH

17 ޖުލައި 2025

Advertisement

ޕާޓީ ވެރިކަމެއް ކުރަން ކެރިވަޑައިގަންނަވާނެ ލީޑަރަކީ ރައީސް ޑރ. މުއިއްޒު: ޝުޖާއު

16 ޖުލައި 2025

|

ޝާމަ ޝުޢައިބު

ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއު

ޕީއެންސީގެ އަމާޒަކީ ޕާޓީގެ ވެރިކަމެއް ކުރުން ކަމަށާ އެކަމަށް އަމާޒުހިފާފައިވާއިރު އެކަން އެންމެ ފުރިހަމައަށް ކުރަން ކެރިވަޑައިގަންނަވާނެ ލީޑަރަކީ ހަމައެކަނި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. 

މިރޭ ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ އެ ޕާޓީގެ ލީޑަރުން މިހާރު އަތޮޅުތެރެއަށް ދަތުރުތައް ފައްޓަވާފައިވާ ކަމަށެވެ. އަދި އެކަން ކުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ރައްޔިތުން ހިތްހަމަޖައްސައިދީ މައުލޫމާތު އެއްކޮށް، ކަންބޮޑުވުންތައް ދެނެގަތުން ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ. 

މިފަހުން އުވާލެވުނު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް ވެރިކަން ގެއްލުނީ ކީއްވެގެންތޯ ސުވާލު އުފައްދަވާ ޝުޖާއު ވިދާޅުވީ އެ ޕާޓީއަށް ދެވަނަ ދައުރެއްް ނުލިބި، އިދިކޮޅަށް ދާންޖެހުނީ ޕާޓީއަށް ވެރިކަން ނުކުރެވުމުން ކަމަށެވެ. 

"ކުރީގަ އަޅުގަނޑުމެންނަށް ޕާޓީ ވެރިކަން ނުކުރެވުނީމަ އަޅުގަނޑުމެން ދިޔައީ އިދިކޮޅަށް. ދެން އަޅުގަނޑުމެން ރަށްރަށަށް ގޮސްފަ އަހަންފެށީ ކީއްވެހޭ އަޅުގަނޑުމެންގެ ވެރިކަން ވެއްޓުނީ. އެހީމަ ބުނީ މެޑަމްއާ ހެދިއޭ. މިހާރަކު މެޑަމްއެއް ނޫޅޭނެ މި ޕާޓީ ހިންގާކަށް. ޕާޓީ ހިންގާނީ ޕާޓީގެ ރައީސާ ޕާޓީގެ ލީޑާޝިޕުން. އެހެންވީމަ ތިޔަ މެންބަރުންނަށް ޕާޓީގެ ވެރިކަމެއް ކުރެވިގެންދާނެ. " - ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު 

މެންބަރުގެ ވާހަކައިގައި ވަނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމު އޮތް ހާލަތު ބަޔަކު ހަނދާން ނެތުނު ނަމަވެސް ރައްޔިތުން ހަނދާން ނުނެތޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ގައުމުގައި ދުންފަތުގެ އިސްތިއުމާލު ކުރުން އިންތިހާއަށް އިތުރުވެ، އާސަންދަ އަދި އެންސްޕާގެ 80 އިންސައްތަ ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާ ކުރުމަށް ޚަރަދު ކުރަން ޖެހިފައިވާ ކަން މެންބަރު ފާހަގަކުރެއްވިއެވެ. 

އެއީ އެންމެ އިސްކަމެއް ދެއްވައިގެން ރައީސް ހައްލު ކުރެއްވި އެންމެ ފުރަތަމަ މައްސަލަ ކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ ދުންފަތުގެ ގާނޫނަށް އިސްލާހު ގެނެވި ވޭޕް ބޭން ކުރެއްވި ވެރިޔަކީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. 

އޭގެ އިތުރުން، ގައުމުގެ އިގްތިސާދު ހަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރުމާ ބޮއްސުންލާފައިވާ ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް ހަރުދަނާ ފިޔަވަޅު އަޅުއްވާ މިއަދު ނަތީޖާ ވެސް ފެންނަމުންދާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. މި ހުރިހާ މައްސަލަތަކެއްގެ އިތުރުން މަސްވެރިންނަށް ނުދީ ހުރި ފައިސާގެ މަސްވެރިންނާ ހަވާލު ކުރުމާ ދަރަނިވެރިވެފައިވާ އެސްއޯއީތަކުގެ މައްސަލަ ވެސް ހައްލުކުރެއްވުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރެއްވީ އެމަނިކުފާނު ކަމަށް މެންވަރު ވިދާޅުވިއެވެ. 

އާ އަހަރެއް ފެށުނީ އުންމީދީ ބަޖެޓަކާ އެކީގައެވެ. މި ބަޖެޓަކީ ރައީސް މުއިއްޒުގެ ސަރުކާރުން އެކުލަވައިލާ ފުރަތަމަ ބަޖެޓެވެ. އެ ބަޖެޓުގައި ހިމެނޭ ކަންކަމާއެކު ދެމެހެެއްޓެނެވި މިންގަނޑަކަށް ދައުލަތުގެ މާލީ ކަންކަން އިއާދަކުރެވި ތަރައްގީގެ މަސައްކަތްތަކުގެ ދުވެލި ހަލުއިކުރެވި އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ރާއްޖެ އެހެން ހަރުފަތްތަކަކަށް ވާސިލުވުމުގެ އުންމީދު ބޮޑެވެ. 

ރައީސް އިއުލާނުކުރައްވާފައިވާ އިގުތިސާދީ އެޖެންޑާ ކާމިޔާބުވެގެންދާއިރު ގެދޮރުވެރިކަމުގެ ދަތިކަމާއި މަސްތުވާތަކެތީގެ މައްސަލައާއި އެނޫންވެސް ގިނަގުނަ އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރެވޭނެ ކަމުގައި އެމަނިކުފާނު ގަބޫލުފުޅު ކުރައްވައެވެ. 

2025 ވަނަ އަހަރަކީ ރައީސް މުޢިއްޒުގެ ޒައާމަތުގައި ދިވެހިންނަށާއި ދިވެހި ގައުމަށް މާނަފުން ކުރިއެެރުންތަކެއް ލިބިގެންދާނެ އަހަަރަކަށް ވެެގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު