ENGLISH
19 ޖުލައި 2025
ސުލްޙައިގެ އެއްބަސްވުމާ ޚިލާފަށް އިޒްރޭލުން ލުބްނާނަށް ބޮން އަޅައި، 12 މީހަކު ޝަހީދުކޮށްލައިފި
16 ޖުލައި 2025
|
ލުބްނާނާއެކު ހަދާފައިވާ ސުލްޙައިގެ އެއްބަސްވުމާ އިޒްރޭލުން ޚިލާފުވެ، ލުބްނާނުގެ އިރުމަތީގެ ސަރަޙައްދުތަކަށް ބޮން އަޅައި، 12 މީހަކު ޝަހީދުކޮށްލައިފިއެވެ.
އިޒްރޭލާއި، ލުބްނާނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތް، ޙިޒްބުﷲ އާ ދެމެދު އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ކުރަމުންދިޔަ ހަނގުރާމަ، އެމެރިކާ އާއި ފްރާންސް އިސްވެ އޮވެ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމުކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
އިޒްރޭލުން ވައިގެ ޙަމަލާތައް ދިނީ، ޙިޒްބުﷲގެ ހަރަކާތްތައް އަލުން ފެށުމަށް މަސައްކަތް ކުރާތީ ކަމަށް ޔަހޫދީންގެ އަސްކަރިއްޔާއިން ބުންޏެވެ.
މިގޮތުން، ޙަމަލާތައް އަމާޒުކޮށްފައިވަނީ، ޙިޒްބުﷲ އިން ހަނގުރާމަވެރިން ތަމްރީންކުރާ މަރުކަޒުތަކާއި ހަތިޔާރު ގުދަންތަކަށް ކަމަށް އިޒްރޭލުން ބުނެފައިވެއެވެ.
އިޒްރޭލުން ދިން ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި، ޙިޒްބުﷲ ގެ ފަސް މީހަކު ހިމެނޭކަމަށް ލުބްނާނުގެ މީޑިއާތަކުން ބުންޏެވެ.
ސުލްޙައިގެ އެއްބަސްވުމާ ޚިލާފަށް އިޒްރޭލުން ދަނީ ދޭތެރެދޭތެރެއިން ޙިޒްބުﷲ އާ ދެކޮޅަށް ކަމަށް ބުނެ ލުބްނާނަށް ޙަމަލާތައް ދެމުންނެވެ.