ENGLISH
17 ޖުލައި 2025
ދަރީންގެ ޚަރަދު ނުދޭ މީހުންގެ ވަނަވަރު ޢާންމުކުރަން ފަށައިފި
16 ޖުލައި 2025
|
ސާބިތު ޚަރަދަށް ފައިސާ ނުދައްކާތީ ފޮޓޯ އާންމުކުރި މީހާ
ދަރީންނަށް ޚަރަދު ނުދޭ މީހުންގެ ވަނަވަރު ޢާންމު ކުރަން ފަށާފައިވާ ކަމަށް ފެމިލީ ކޯޓުން މިއަދު ބުނެފި އެވެ.
އެ ކޯޓުން މިއަދު ވަނީ ދަރިފުޅުގެ ޚަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަން ޖެހޭ ފައިސާ ދައްކަމުން ނުދާ މީހެއްގެ ވަނަވަރު ޢާންމުކޮށްފަ އެވެ. އެ ކޯޓުން ބުނީ މިއަދު ވަނަވަރު ޢާންމުކުރި އަޙްމަދު އަލީ އަކީ އޭނާގެ ދަރިފުޅުގެ ޚަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަން ޖެހޭ ފައިސާ ދައްކަމުން ނުދާ މީހެއް ކަމަށެވެ.
ކޯޓުން ބުނި ގޮތުގައި މިއީ ސާބިތު ޚަރަދަށް ފައިސާ ނުދައްކާ މީހުންނާ މެދު ކޯޓުން އަޅާ ފިޔަވަޅެއްގެ ކުރަން ފެށި ކަމެވެ.
ދަރީންނަށް ޚަރަދު ނުދޭ މީހުންގެ ވަނަވަރު ޢާންމު ކުރަން ފެމިލީ ކޯޓުން ފެށިއިރު އެފަދަ މައްސަލަތަކުގައި ހިމެނޭ ބައެއް މީހުންގެ މައުލޫމާތު މެޖިސްޓްރޭޓް ކޯޓްތަކުން މީގެ ކުރީން ޢާންމު ކޮށްފައިވެ އެވެ. އެއީ ޢާއިލާއާ ބެހޭ ޤަވައިދުގެ ދަށު ކޯޓްތަކަށް ދީފައި އޮންނަ ބާރެކެވެ.
ދަރީންނަށް ޚަރަދު ނުދިނުމުގެ މައްސަލަ އަކީ ރާއްޖޭގައި ވެސް ބޮޑު މައްސަލަ އެކެވެ.