ENGLISH

16 ޖުލައި 2025

Advertisement

ޒުވާނަކު ގެއްލިގެން ހޯދާތާ ހަތަރު ދުވަސް، އަދިވެސް ނުފެނޭ

16 ޖުލައި 2025

|

އަޙުމަދު ޙަމީދު

ގެއްލިފައިވާ ޒުވާނާ

ޒުވާނަކު ގެއްލިގެން ހޯދާތާ ހަތަރު ދުވަސް ފަހުން އާއިލާއިން އެކަން ރިޕޯޓް ކުރުމުން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ގެއްލިފައި ވަނީ މާލެ، ގ.ގާރނެޓް، ޙަސަން ޔާމީން (30 އަހަރު) އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ޖުލައި 11 ވަނަ ދުވަހުގެ 21:25 އެހައިކަންހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ޖުލައި 14 ވަނަ ދުވަހުގެ 20:30 އެހައިކަންހާއިރު ފުލުހަަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށް ބުންޏެވެ.

ފުލުހުން ވަނީ ޙަސަން ޔާމީންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު