ENGLISH

25 ނޮވެމްބަރު 2024

ކެންސަރާ ހަނގުރާމަކުރަމުން, އެއްފައިގެ އެހީގައި 3،339 މޭލަށް ދުވި ޓެރެންސް

21 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ޓެރެންސް ސްޓެންލީ ފޮކްސް

ކެނެޑާގެ ޓެރެންސް ސްޓެންލީ ފޮކްސް ނަމަކަށް ކިޔާ ކެންސަރު ބަލި މީހަކު 143 ދުވަހުގެ ތެރޭގައި އެއްފައިގެ އެހީގައި 3،339 މޭލަށް ދުވެ، އޭނާގެ ހިތްވަރު ދައްކާލައިފިއެވެ.

ފޮކްސްއަކީ ކެނެޑާގެ އެތުލީޓެއްގެ އިތުރުން އިންސާނިއްޔަތަށް ޚިދުމަތްކުރާ އަދި ކެންސަރު ދިރާސާތަކުގައި ޙަރަކާތްތެރިވާ މީހެއް ވެސްމެ އެވެ.

ކެންސަރުގެ ސަބަބުން އެއް ފައި ގެއްލިފައިވީ ނަމަވެސް، 1980 ވަނަ އަހަރު ކެންސަރު ދިރާސާތަކަށް ފައިސާ ހޯދުމާއި، މި ބަލީގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކެނެޑާ ހުރަސްކޮށް އިރުމަތިން ހުޅަނގަށް ދުވުމުގެ ހިތްވަރުގަދަ ދަތުރެއް އޭނާ ފެށިއެވެ.

ހަށިގަނޑަށް ކެންސަރު ފެތުރުމާ ގުޅިގެން 143 ދުވަހާއި 5،373 ކިލޯމީޓަރު (3،339 މޭލު) ގެ ދަތުރަކަށް ފަހު އޭނާގެ މި އުންމީދީ މަސައްކަތް ހުއްޓާލަން މަޖުބޫރުވިއެވެ. އޭނާގެ ފުރާނަ ދުނިޔެއާ ވަކިވި ނަމަވެސް، އޭނާގެ ހިތްވަރުގަދަ މަސައްކަތުގެ ނަތީޖާއަކަށްވީ އަބަދުވެސް މީސްތަކުންގެ ހަނދާނުގައި ދެމިހުންނަ، ދުނިޔޭގެ އަގުހުރި ތަރިކައަކަށް އޭނާ ވުމެވެ.

ނަވާރަސަތޭކަ އަށްޑިހަ އެއްވަ ވަނަ އަހަރު ފުރަތަމަ ފަހަރަށް ބޭއްވި އަހަރީ ޓެރީ ފޮކްސް ރަން މިހާރު ވަނީ 60 އަށްވުރެ ގިނަ ޤައުމުގެ އެތައް ހާސް ބަޔަކު ބައިވެރިވާ ބައިނަލްއަޤްވާމީ ހަރަކާތަކަށްވެފައެވެ. 

ސެޕްޓެމްބަރު 2022 ގެ ނިޔަލަށް އޭނާގެ ނަމުގައި 850 މިލިއަނަށްވުރެ ގިނަ ކެނޭޑިއަން ޑޮލަރު ހޯދާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު