ENGLISH
18 އޭޕްރީލު 2025
މެލޭޝިއާގެ ބައެއް ޔުނިވަސިޓީތަކުން ދިވެހި ދަރިވަރުންނަށް ޑިސްކައުންޓް ހަމަޖައްސައިފި
21 ނޮވެމްބަރު 2024
|
ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ފަހުމްނާމާގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތު
މެލޭޝިޔާގެ ބައެއް ޔުނިވާސިޓީތަކުގެ ގިނަ އަދަދެއްގެ ޕްރޮގްރާމްތަކަކުން ދިވެހި ދަރިވަރުންނަށް ޑިސްކައުން ދިނުމަށް ހަމަޖެހިިފައިވާ ކަމަށް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިއީ އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސާރވިސެސް (އީއެމްޖީއެސް) އާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއާ ދެމެދު ސޮއިކުރި އެމްއޯޔޫގެ ދަށުން ހަމަޖެހުނު ފުރުސަތެއްގައި ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ތިރީގައިވާ ޙާލަތުތައް ނޫން ކޮންމެ ހާލަތެއްގައި ވެސް ކޮންމެ ދިވެއްސަކަށް ވެސް މި ޕްރޮގްރާމަަށް ކުރިމަތިލެވޭނެ
* ޑިސްކައުންޓް ލިބިގެން ފުރިހަމަކުރުމަށް އެދޭ ޕްރޮގްރާމާ އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ޕްރޮގްރާމެއް، ފުރިހަމަކޮއްފައިވުން ނުވަތަ ފުރިހަމަ ކުރަމުން ދާފަރާތްތައް
* މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން މަތީ ތަޢުލީމު ހާޞިލުކުރުމަށް މާލި އެހީ ލިބިފައިވާ ފަރާތެއް ނަމަ، އަނބުރާ ދައްކަން ޖެހިފައިވާ ފައިސާ ޑީފޯލްޓެއްވެފައިވާ ފަރާތްތައް
* މިނިސްޓްރީ މެދުވެރިވެގެން ލިބެން ހަމަޖެހުނު ލޯނެއްގެ ފައިސާ ލިބެމުން ދިޔުން ނުވަތަ ސޮއިކޮއްފައިވާ ލޯނު އެއްބަސްވުމުގައި ފައިސާ ދޫކުރުމަށް ކަނޑައެޅިފައިވާ ތާވަލްގެ މުއްދަތުގެ ތެރޭގައިވާ ފަރާތްތައް
މި ޑިސްކައުންޓް ލިބިގެން ކިޔެވެންހުރި ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމްތައް ހިންގާ ކޮލެޖް ނުވަތަ ޔުނިވާސިޓީތަކުގެ މަޢުލުމާތު މި ލިންކް މެދުވެރިކޮށް ލިބޭނެ ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ. (https://hems.gov.mv/scholarships/)
މި ޑިސްކައުންޓަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv/ މެދުވެރިކޮށް ކަމަށާއި އެ ޕޯޓަލްގައި، އެޕްލިކޭޝަން ފުރާއިރު، ޑިސްކައުންޓް ލިބުމަށް އެދޭ ޕްރޮގްރާމުގެ ނަމާއެކު، އެ ޕްރޮގްރާމަށް މި މިނިސްޓްރީން ދީފައިވާ ޕްރޮގްރާމް ކޯޑް ލިޔުމަށް ސަމާލްކަން ދިނުމަށް މިނިސްޓްރީ އިން ވަނީ އެދިފައެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓް http://www.mohe.gov.mv އަދި 1474 ނަންބަރު ފޯނުން ލިބޭނެކަމަށާއި އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރެއްވުމަށް ވެސް ވުޒާރާ އިން ވަނީ އެދިފައެވެ.