ENGLISH

18 އޭޕްރީލު 2025

Advertisement

ރާއްޖެ އާއި ސިންގަޕޫރުގެ ގައިޑުން ގުޅިގެން ހުރާގައި ތިމާވެށީގެ ކޭމްޕެއް

21 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ކ. ހުރާ ގެ ކޭމްޕެގައި ބައިވެރިވި ދަރިވަރުން

ކ. ހުރާގައި "ގާލް އެޑްވެންޗަރ އެންވަޔަރަންމަންޓް ކޭމްޕް" ގެ ނަމުގައި ޚާއްޞަ ކޭމްޕެއް ބާއްވައިފިއެވެ.

މި ކޭމްޕަކީ މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނާއި ސިންގަޕޫރު ގާލް ގައިޑްސް އިން އިންތިޒާމްކޮށް، ރާއްޖޭގެ ތިމާވެށީގެ ވުޒާރާއިން އެހީތެރިކަން ފޯރުކޮށްދީގެން ކުރިއަށް ގެންދިޔަ ޙަރަކާތެކެވެ.

 މި ކޭމްޕްގައި ރާއްޖެ އާއި ސިންގަޕޫރުގެ ގާލް ގައިޑުން ބައިވެރިވެ، ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމާއި، ދިރޭތަކެތީގެ ވެށިތަކާއި ބަދަލުވަމުންދާ ދިރޭތަކެތީގެ ބާވަތްތަކާ ބެހޭ މަޢުލޫމާތު ވަނީ ދަސްކޮށްފައެވެ. މީގެ އިތުރުން، ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކާ ބެހޭ ގޮތުން މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

ކޭމްޕްގެ އެންމެ ފާހަގަކޮށްލެވޭ އެއް ޙަރަކާތަކީ ހުރާގެ ކަނޑޫފާ ސަރަޙައްދަށް ކުރި ދަތުރު ކަމަށާއި މި ދަތުރުގައި ބައިވެރިން ކަނޑޫފާގެ މުހިންމުކަމާއި އެ ސަރަޙައްދުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ބެހޭ ގޮތުން ދިރާސާތަކެއް ކުރިކަމަށް ވަނީ ބުނެފައެވެ.

 މި ކޭމްޕަކީ ދެ ޤައުމުގެ ޒުވާން އަންހެން ކުދިންނަށް ތިމާވެށީގެ މުހިންމުކަން އުނގަންނައިދީ، އެކަމާ ގުޅޭ ތަޖުރިބާތަކެއް ހޯދައިދިން ވަރަށް ޚާއްޞަ ފުރުޞަތެއް ކަމުގައި ބައިވެރިން ފާހަގަކޮށްފައިވެއެވެ. މިފަދަ ޙަރަކާތްތަކުން ކުރިމަގުގައި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާނެ ޒުވާނުން އުފެއްދުމަށް މަގުފަހިވާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން އުންމީދުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު