ENGLISH

13 ޖުލައި 2025

Advertisement

ދަޑިމަގު ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ އެޗްޑީސީ އަށް

12 ޖުލައި 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގައި އެޗްޑީސީ ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: ވީއޭއެމް

ޤައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ތިންވަނަ ސެމީގައި މިރޭ ފަހަތުންއަރައި، ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބަލިކޮށް، ކްލަބް އެޗްޑީސީން ފައިނަލުގެ ފަހު ޖާގަ ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުން އެޗްޑީސީ ކުރިހޯދީ 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުން 25-23 އިން ދަޑިމަގު ގެންގޮސްފައިވަނިކޮށް، އެޗްޑީސީން ވަނީ ދެން ޖެހިގެންއައި ތިން ސެޓުން 25-16، އާއި 25-20، އަދި 25-23 އިން ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އެވެ.

މެޗަށްފަހު މުބާރާތުގެ ތިންވަނަ މަގާމަށް ހޮވުނު ދަޑިމަގު ޓީމަށް ވަނީ މެޑެއްޔާއި ސެޓްފިކެޓް ދީފައެވެ.

މި މުބާރާތުގެ ފައިނަލް މެޗުގައި އަންނަ ހޯމަ ދުވަހު އެޗްޑީސީ ނިކުންނާނީ ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު