ENGLISH

08 ޑިސެމްބަރު 2025

Advertisement

ލ. ހިތަދޫ ފުލުހުންގެ މަރުކަޒުގެ ކޮންކްރީޓް ތަޅުމުގެ މަސައްކަތް ނިމިއްޖެ

08 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ހިތަދޫ ޕޮލިސް ޕޯސްޓްގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އާރްޑީސީ

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން، ގާއިމްކުރާ ލ. ހިތަދޫގެ ފުލުހުންގެ މަރުކަޒުގެ ކޮންކްރީޓް ތަޅުން އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ. 

މި މަޝްރޫއުގެ ދަށުން، ފުލުހުންގެ މަރުކަޒުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ވަނީ ނިމިފަ އެވެ.

ހިތަދޫ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިތަދޫއަށް މިއަހަރުގެ އޮކްޓޫބަރު މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް، ފުލުހުންގެ އަމިއްލަ އިމާރާތް ޤާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ފައްޓަވާފައިވާ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު