ENGLISH

12 ޖުލައި 2025

Advertisement

ޤައުމީ ކެރަމް މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދައި، ޒިއުނާ ތާރީޚުގެ ތެރެއަށް

11 ޖުލައި 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގައި ޒިއުނާ ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: އެމްއެމް

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން ބާއްވާ 34 ވަނަ ޤައުމީ ކެރަމް މުބާރާތުގެ ދެވަނަ ޑިވިޝަނުގެ އަންހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދައި، ޒިއުނާ ބިންތި ނަޝީދު ތާރީޚީ ރެކޯޑެއް ޤާއިމުކޮށްފިއެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް އެރީނާގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގެ ދެވަނަ ޑިވިޝަނުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ޒިއުނާ ހޯދީ، ފައިނަލުގައި އާމިނަތު އިބާނަތު ބަލިކޮށްގެންނެވެ.

މިއާއެކު، އުމުރުން 12 އަހަރުގެ ޒިއުނާ ވަނީ، ކެރަމްގެ ސީނިއާ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދީ އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މި އިވެންޓްގެ ތިންވަނަ މަގާމު ހާސިލްކުރީ އާމިނަތު ޖުނާނާ ސައުދުﷲ އެވެ.

މީގެއިތުރުން، ޒިއުނާ ވަނީ، ސީއޭއެމް އިން މި ފަހަރު މުޅިން އަލަށް ބޭއްވީ ނޭޝަނަލް ޖޫނިއާ ކެރަމް މުބާރާތުގެ 15 އަހަރުން ދަށުގެ ބައިން އަންހެން ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދައިފައެވެ.

މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ސިންގަލްސް ޗެމްޕިއަންކަން ނައުފަލް ޝަރީފް ހޯދިއިރު، ދެވަނަ މަގާމު ހާސިލްކުރީ އަހުމަދު މުޝްރިފް އެވެ. އަދި، ތިންވަނަ އަށް ދިޔައީ، ހަސަން ލަތީފް އެވެ.

މި މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ފިރިހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން މީކާއިލް ބިން މަދަދުﷲ އާއި މުޙައްމަދު ޒީހާންގެ ޕެއާ ހޯދިއިރު، އަންހެން ޑަބަލްސް ޗެމްޕިއަނުންނަކީ އާމިނަތު ކައިސާ ބިންތި އަބްދުﷲ އާއި އިންޝާ އިކްލީލް އައްބާސްގެ ޕެއާ އެވެ. ދެވަނަ ޑިވިޝަނުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ މުޝްރިފް އާއި ޒުލޭޚާ ލީންގެ ޕެއާ އެވެ.

ކިޔުންތެރިންގެ ހިޔާލު