ENGLISH

10 ޖުލައި 2025

Advertisement

ނޮބެލް ސުލްޙައިގެ އިނާމަށް ޓްރަމްޕްގެ ނަން ހުށަހެޅީ ނަތަންޔާހޫ!

08 ޖުލައި 2025

|

ހަސަން އާމިރު

ނޮބެލް އިނާމަށް ޓްރަމްޕުގެ ނަން ހުށަހެޅި ލިޔުން ނަތަންޔާހޫ، ޓްރަމްޕަށް ހަވާލުކުރަނީ.

މަޝްހޫރު ނޮބެލް ސުލްޙައިގެ އިނާމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން ހުށަހަޅާފައިވާކަމަށް، އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ޓްރަމްޕްއާ ބައްދަލުކުރަން، މިވަގުތު އެމެރިކާގައި ހުރި ނަތަންޔާހޫ ވަނީ، ނޮބެލް ކޮމިޓީއަށް ޓްރަމްޕްގެ ނަން ހުށަހެޅި ލިޔުން، ޓްރަމްޕްއާ ޙަވާލުކޮށްފައެވެ.

އޭގެފަހުން، ނަތަންޔާހޫ ބުނީ، ސަރަޙައްދަކަށް ފަހު ސަރަޙައްދެއްގައި ޓްރަމްޕް އިސްވެ ސުލްޙަ ޤާއިމުކުރައްވަމުން ގެންދަވާ ކަމަށެވެ.

ޓްރަމްޕްގެ ކުރީގެ ވެރިކަމުގައި ވެސް، ނޮބެލް އިނާމަށް އެކި ފަހަރުމަތިން ނަން ހުށަހަޅުއްވާފައިވެއެވެ.

މިގޮތުން، އިންޑިއާ އާއި ޕާކިސްތާނުގެ އިތުރުން ސާބިއާ އާއި ކޮސޯވޯއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމަށް ޓްރަމްޕު ކުރެއްވި މަސައްކަތާއި، މިޞްރާއި އިތިއޮޕިއާގައި "ސުލްހަ ދެމެހެއްޓުމާއި" އިޒްރޭލާއި އަރަބި ގައުމުތަކުގެ ގުޅުން ގާއިމުކުރުމަށް އަބްރަހަމް އެކޯޑްސް ތަންފީޒުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ނަމަވެސް، އޭގެން އެއްވެސް ކަމެއް ނޮބެލް އިނާމު ކޮމިޓީން ބަލައިގެންފައިނުވާތީ، ޓްރަމްޕް ވަނީ ނުރުހުންފާޅު ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު