ENGLISH

25 ނޮވެމްބަރު 2024

ޕެރޫ ބަލިކޮށް އާޖެންޓީނާއަށް ފަސް ޕޮއިންޓުގެ ލީޑެއް

20 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

މާޓިނޭޒް ޕެރޫއާ ދެކޮޅަށް ގޯލް ކާމިޔާބުކުރުމަށްފަހު އުފާ ފާޅުކުރަނީ / ފޮޓޯ: ސޯޝަލް މީޑިއާ

ދެހާސް ސައްބީސްވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ޕެރޫއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ މިއަދު ކާމިޔާބުކޮށްފިއެވެ.

މި ލަނޑު އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްޓްރައިކަރު ލައުޓާރޯ މާޓިނޭޒް އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 10 ވަނަ މިނިޓުގައި އާޖެންޓީނާއިން ވަނީ ލަނޑު ޖަހައިފައެވެ. މިއީ މާޓިނޭޒް ގައުމީ ޓީމަށް ޖެހި 32 ވަނަ ލަނޑެވެ. އަދި އެ ގައުމީ ޓީމަށް އެންމެ ގިނައިން ލަނޑު ޖެހި ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ. 

މި މެޗު އާޖެންޓީނާ ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ގްރޫޕުގައި މިހާތަނަށް ކުޅުނު 12 މެޗުން 25 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ދެވަނައިގައި އޮތް އުރުގުއޭ އަށް 12 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. 

ދިހަ ޓީމު ހިމެނޭ ދެކުނު އެމެރިކާގެ ރައުންޑް ރޮބިން ކޮލިފައިންގެ ގަދަ ހަ ޓީމަށް ވޯލްޑް ކަޕްގެ ޖާގަ ލިބޭއިރު ހަތްވަނަ ޓީމަށް ޖެހޭނީ އިންޓަކޮންޓިނެންޓަލް ޕްލޭ އޮފް ދެ މެޗު ކުޅުމަށެވެ.

ކިޔުންތެރިންގެ ހިޔާލު