ENGLISH
13 ޖުލައި 2025
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެބެއިން ހައްޔަރުކޮށްފި
06 ޖުލައި 2025
|
މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި އެއްބަނޑު އެއްބަފާ ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 41 އަހަރުގެ ގ. ސެމިޓޯން، އިބްރާހީމް ޝަރީފް، އާއި އޭނާގެ ބޭބެ 44 އަހަރުގެ ގ. ސެމިޓޯން، ހަމްޒާ ޝަރީފް ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
މި ދެމީހުން ހައްޔަރުކޮށް ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 90.54 ގުރާމް ހުރި ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 15 ދުވަހުގެ މުއްދަތައް ބަންދު ކުރުމަށް ކޯޓުން ވަނީ ނިންމާފައެވެ.