ENGLISH
02 ޖުލައި 2025
ގެއެއްގެ ދެވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓި ފަރުވާދޭން ފަށައިފި
22 ޖޫން 2025
|
މާލޭގެ މަންޗަންގޮޅީގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓި، ފަރުވާދޭން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ވެއްޓުނީ އުމުރުން 42 އަހަރުގެ އަންހެނެއް ކަމަށެވެ. އެ މައްސަލަ ރިޕޯޓްކުރީ ރޭ ފަތިހު ގާތްގަނޑަކަށް 4 ޖަހާކަށްހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.
ހާދިސާއާ ގުޅިގެން ފުލުހުން އިތުރަށް ބުނީ، އަނިޔާވި އަންހެން މީހާގެ ދެ ފައިގެ ކުޑަހުޅު ނެއްޓި ރެނދުލާފައިވާ ކަމަށެވެ. މިވަގުތު އަންހެން މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަޙްޤީގުކުރަމުންނެވެ.