ENGLISH
02 ޖުލައި 2025
ސްޕެޝަލައިޒްޑް ކެއާ އާއި ކެޕޭސިޓީ ބިލްޑިންގގައި އެއްބާރުލުން ދިނުމަށް މަޝްވަރާކޮށްފި
21 ޖޫން 2025
|
ސްޕެޝަލައިޒްޑް ކެއާ އާއި ކެޕޭސިޓީ ބިލްޑިންގައި އެއްބާރުލުން ދިނުމަށް ޕާކިސްތާނާ އެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައްކޮށްފައި ވަނީ ސިއްޙީ ވުޒާރާގެ އިސްވެރިން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އަސްކަރީ ސިއްހީ ދާއިރާގެ މުއައްސަސާތަކަށް ކުރެއްވި ޒިޔާރަތުގައެވެ.
އެގޮތުން އާމްޑް ފޯސަސް އިންސްޓިޓިއުޓް އޮފް ޔޫރޮލޮޖީ (އޭއެފްއައިޔޫ) އާއި އާމްޑް ފޯސަސް ބޯން މެރޯ ޓްރާންސްޕްލާންޓް ސެންޓަރު (އޭއެފްބީއެމްޓީސީ) އަށް ޒިޔާރަތްކޮށް، އެޑްވާންސް ޓްރީޓްމަންޓް ސާވިސްތަކާއި އިންސްޓިޓިއުޝަނަލް ތަޖުރިބާއާ ބެހޭ މައުލޫމާތު ފޯރުކޮށްދީ، އެ ދާއިރާތަކުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮޮށްދެވޭނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.