ENGLISH

02 ޖުލައި 2025

Advertisement

ޑރ. ޝިހާމްގެ އިލްތިމާސް: ކިޑްނީ ހަދިޔާ ކުރުމަށް ޖެހިލުންވެ ނުލައްވާ

21 ޖޫން 2025

|

ހަސަން އާމިރު

ކިޑްނީ ހަދިޔާ ކުރުމަކީ ލޯބިވާ މީހަކަށް ކޮށްދެވިދާނެ އެންމެ ބޮޑު އެއް ކަމެއް ކަމަށާއި ކިޑްނީ ހަދިޔާކުރުމަށް ޖެހިލުންވެނުލެއްވުމަށް އައިޖީއެމްއެޗްގެ ހެޑް އޮފް ނެފްރޮލޮޖީ ޑރ. އިބްރާހީމް ޝިހާމް އިލްތިމާސް ކުރައްވައިފިއެވެ.

ކިޑްނީ ބަލީގެ ހަފްތާ ފާހަގަކުރުމުގެ ގޮތުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޑރ.ޝިހާމް ވިދާޅުވީ ކިޑްނީ ބޭނުންވާ ފަރާތްތަކަށް ކިޑްނީ ހަދިޔާ ކުރުމުން އެމީހެއްގެ މުޅި ދިރިއުޅުން އާރާސްތުވެ، އާ ދިރުމެއް ލިބިގެންދާ ކަމަށެވެ.

އަދި ކިޑްނީ ހަދިޔާ ކުރުމަކީ ރަނގަޅަށް ބެލެވި، ކުރަންޖެހޭ ތަހްލީލްތައް ކުރެވިގެން ކުރާ ކަމެއްކަމުގައިވާނަމަ ވަރަށް ރައްކާތެރިކަމެއް ކަމުގައެވެ.

ޑރ.ވިދާޅުވީ ކިޑްނީ ހަދިޔާ ކުރުމަށް ފަހު މާ ލަސްތަކެއް ނުވެ ރިކަވަރ ވާއިރު، އެއް ކިޑްނީ އިން ސިއްހަތު ރަނގަޅު މީހެއްގެ ގޮތުގައި މުޅި އުމުރަށް ވެސް އުޅެވިދާނެ ކަމަށެވެ.

ކިޑްނީ ބައްޔަކީ ދުނިޔޭގެ ނިސްބަތުން ވަރަށް ގިނަ ބަޔަކު މަރުވާ އެއް ބައްޔެވެ. އޭޝިއާ ގައުމުތަކުގައި 34 އިންސައްތަ މީހުން މި ބަލި ތަހަންމަލް ކުރަމުންދާއިރު، ރާއްޖޭގައި ވެސް ކިޑްނީ ބަލީގެ ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު