ENGLISH
02 ޖުލައި 2025
އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް މިނިސްޓަރު ޚަލީލު ތުރުކީއަށް
21 ޖޫން 2025
|
ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް - ފޮޓޯ: ދަ މޯލްޑިވްސް ޖަރނަލް
ދަ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ތުރުކީއަށް ވަޑައިގެންފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މިއަދު ވިދާޅުވީ އޯއައިސީގެ ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ ބައްދަލުވުމަށް މިހާރު ވަޑައިގެން ހުންނެވީ ތުރުކީގެ ވެރިރަށް އިސްތަންބުލްގައި ކަމަށެވެ.
އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ އެގައުމަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓިނެންޓް ޖެނެރަލް ރިޓަޔަރޑް އަބްދުއްރަހީމް އަބްދުއްލަތީފް ކަމަށެވެ. އޭގެ އިތުރުން ތުރުކީ ސަރުކާރުން ދެންނެވި ހޫނު މަރުހަބާ ވެސް ފާހަގަކުރައްވާ މިނިސްޓަރު ވަނީ އެގައުމުގެ ސަރުކާރަށް ވެސް ޝުކުރުއަދާކުރައްވާފައެވެ.
ނަވާރަ ސަތޭކަ ފަސްދޮޅަސް ނުވަ އަހަރު އޯއައިސީ އުފެދުމާއެކު އެޖަމާއަތް ވެފައި ވަނީ މުޅި މުސްލިމް އުންމަތުގެ އަޑު އިއްވައިދޭ ފަރާތްކަމުގައެވެ. ބިލިޔަނަކަށްވުރެ ގިނަ މުސްލިމުން ތަމްސީލުކުރުމަށް އޯއައިސީގައި މިހާރު 57 މެންބަރު ގައުމު ބައިވެރިވެއެވެ.
ދިވެހިރާއްޖެއިން އޯއައިސީއާ ގުޅުނީ 1976 ވަނަ އަހަރުއެވެ. އޭގެ ފަހުން ރާއްޖެއިން ދަނީ އޯއައިސީ އިން ބާއްވަމުންދާ އިސްލާމިކް ސަމިޓްތަކާއި އަހަރީ ކައުންސިލް އޮފް ފޮރިން މިނިސްޓަރުންގެ ބައްދަލުވުންތަކުގައި ބައިވެރިވަމުންނެވެ. އޯއައިސީގެ ތެރެއިން ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރަނީ އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެއްބައިވަންތަކަމަށެވެ.