ENGLISH
02 ޖުލައި 2025
ގްރީން ޓެކުހާއި ޓީޖީއެސްޓީ އަދި ރިސޯޓު ކުލީގެ އާމްދަނީ މައްޗަށް
21 ޖޫން 2025
|
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކަކަށް ވީއޭއައިގައި މަރުހަބާ ކިޔަނީ
މި އަހަރު ގްރީން ޓެކުހާއި ޓީޖީއެސްޓީއާއި ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ފާއިތުވި އަހަރަށްވުރެ އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކަައިފިއެވެ.
ކޮންމެ ހަފުތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީން އާއްމުކުރާ މާލީ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޓީޖީއެސްޓިގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބުނެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި ލިބުނީ ފަސް ބިލިއަން ރުފިޔާއެވެ.
އެހެންކަމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 11.3 އިންސައްތަ އިތުރުވެފައިވާކަން މާލީ ހިސާބުތަކުން ދައްކައެވެ.
އޭގެ އިތުރަށް ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީވެސް ނިމުނު އަހަރަށްވުރެ އިތުރުވެފައިވެއެވެ. އެގޮތުން ނިމުނު އަހަރު ގްރީން ޓެކުހުގެ ގޮތުގައި 518 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު އެ ނިސްބަތް 976.4 މިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ. މިއީ 88.4 އިންސައްތަައިގެ އިތުރުވުމެކެވެ.
ގްރީން ޓެކުހުގެ އިތުރަށް ދައުލަތަށް ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީވެސް އިތުރުވެފައިވެއެވެ. ނިމުނު އަހަރު ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނީ 591.5 މިލިއަން ރުފިޔާއެވެ. މި އަހަރުގެ އެ މުއްދަތުގައި ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް ް622.3 މިލިއަން ރުފިޔާ ލިބުނެވެ.
އެހެންކަމުން ފާއިތުވި އަހަރާ އަޅާބަލާއިރު ރިސޯޓު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ %5.2 އިތުރުވެފައިވެއެވެ.
އޭގެ އިތުރަށް އެއާޕޯޓް ސާވިސް ޗާޖު އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީވެސް އިތުރުވެފައިވާކަން މާލީ ހިސާބުތަކުން ދައްކައެވެ. އެގޮތުން ނިމުނު އަހަރު 527.5 މިލިއަން ރުފިޔާ އެއާޕޯޓް ސާވިސް ޗާޖު ނުވަތަ ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނުއިރު މި އަހަރު އެ އަދަދުވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.
މާލީ ހިސާބުތަކަށް ބަލާއިރު ނިމުނު އަހަރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއަށްވުރެ މި އަހަރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އިތުރުވެފައިވެއެވެ. އެގޮތުން ނިމުނު އަހަރުގެ ޖޫން 12 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނީ 15.9 ބިލިއަން ރުފިޔާއަށްވުރެ އެއް ބިލޮއަނެއްހައި ރުފިޔާ އިތުރަށް އާމްދަނީގެ ގޮތުގައި ލިބި 16.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ.