ENGLISH

02 ޖުލައި 2025

Advertisement

ދައުލަތުން ތައުލީމަށް 4 ބިލިއަން ހަރަދުވާއިރު ނަތީޖާ ދަށް: ވަޒީރު

21 ޖޫން 2025

|

އުމްނާ އިސްމާޢީލް

ތައުލީމާ ބެހޭ ވަޒީރު ޑރ.އިސްމާއީލް ޝަފީއު (ފޮޓޯ/ މިނިސްޓްރީ)

ދައުލަތުން ތައުލީމަށް 4 ބިލިއަނެއްހާ ރުފިޔާ ހަރަދުކުރާއިރު ދަރިވަރުންގެ ނަތީޖާ އެދެވޭ ވަރަށް ވުރެ ދަށް ކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިގޮތަށް ވިދާޅުވީ، މިއަދު ހެނދުނު ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.

ރާއްޖޭގެ ސާނަވީ ތައުލީމުގެ ހާލަތު ވިދާޅުވެދެއްވަމުން ވަޒީރު ފާހަގަކުރެއްވީ 2013 ވަނަ އަހަރުގެ ނަތީޖާއާއި 2014 ވަނަ އަހަރުގެ ނަތީޖާއާ އަޅާ ބަލާއިރުު ވެސް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ 50% އަށް ފަސް މާއްދާއިން 'ސީ' ފާސް ހާސިލު ނުކުރެވުނު ކަމަށެވެ. އަދި 2023 އަދި 2024 ވަނަ އަހަރުގެ ނަތީޖާއަށް ބަލާއިރުވެސް ފެންނަނީ ހަމަ އެ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއިން އަޅުގަނޑުމެންނަށް މި އިނގެނީ ގާތްގަނޑަކަށް 4 ބިލިއަނެއްހާ ރުފިޔާ ދައުލަތުން ތައުލީމަށް ހޭދަ ކުރަމުންދާއިރުގައި އަދި އަޅުގަނޑުމެންގެ ހީވާގި މުދައްރިސުން އެތައް ގަޑިއިރެއް ކިޔަވާދިނުމަށް ވަގުތު ހޭދަކުރަމުން ގެންދަވާއިރުުގައި، އަދި ބެލެނިވެރިން ކުރާ މަސައްކަތާއެކުގައި، މިހުރިހާ މަސައްކަތެއް ގުޅިގެން ވެސް އަޅުގަނޑުމެން އެންމެ ދާން ބޭނުންވާ މަންޒިލަށް އަޅުގަނޑުމެންނަށް ވާސިލުނުވެވެޔޭ" ވަޒީރު ވިދާޅުވި އެވެ.

މީގެއިތުރުން، އޯލެވެލް އިމްތިހާނުން ގަދަ 10 އަކަށް ހޮވޭ ދަރިވަރުންގެ އިންސައްތަ، އަދި އޭގެ ތެރެއިން އޭލެވެލް އިމްތިހާނުން ގަދަ 10 އަކަށް ހޮވޭ އިންސައްތަ ދަށްވަމުންދާކަން ވެސް ވަޒީރު ކަންބޮޑުވުމާއެކު ފާހަގަކުރެއްވި އެވެ.

"މިއަހަރު އޭލެވެލް ނިންމި ދަރިވަރުންގެ އޯލެވެލް ބެޗުގައި 840 އަށް ވުރެ ގިނަ ދަރިވަރުން ޓޮޕްޓެން ހާސިލުކުރި. އެހެންނަމަވެސް ނަތީޖާއަށް ބަލާއިރު އަޅުގަނޑުމެންނަށް ފާހަގަވީ 840 އަށް ވުރެ ގިނަ ދަރިވަރުންގެ ތެރެއިން 64% އޭލެވެލްއާ ހަމަޔަށް ދާއިރުގައި އޭލެވެލްގެ ޓޮޕް 10 އަކަށް ރީޗެއް ނުވެވޭ... އޯލެވެލް ޓޮޕް 10ގެ ދަރިވަރުންގެ ތެރެއިން އޭލެވެލްގެ ތެރެއަށް ވަދެގެން މިދަނީ 36% ދަރިވަރުން" ވަޒީރު ވިދާޅުވި އެވެ.

ސާނަވީ ނަތީޖާ ދަށްވާ ސަބަބެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ ޕްރައިމަރީ ގްރޭޑުތަކުގައި ލިބޭ ނަތީޖާ ދަށްވުމެވެ. އެގޮތުން އިނގިރޭސި، ހިސާބު އަދި ދިވެހި ފަދަ މާއްދާތަކުން ދަރިވަރުންނަށް އެކަށީގެންވާ ނަތީޖާ ހާސިލުނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ ހައްލުކުރަން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވަނީ، ޓީޗަރުން އަދި ޕްރިންސިޕަލުންނަށް ބޭރުން ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމުގެ އިތުރުން ކިޔަވައިދޭ ކަރިކިއުލަމަށް ވެސް ބަދަލު ގެންނަމުންދާ ކަން ފާހަގަކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު