ENGLISH
02 ޖުލައި 2025
ތާރީހީ ބައެއް ބިނާތައް ބެލެހެއްޓުމުގައި ވެމްކޯ އިން ބައިވެރިވަނީ
21 ޖޫން 2025
|
ފަހުމުނާމަގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާ)
ރާއްޖޭގެ ތާރީޚީ ބައެއް ބިނާތައް ސާފުކޮށް ބަލަހެއްޓުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބައެއް އަމަލީ އެހީތެރިކަން ދިނުމަށްޓަކައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ވެމްކޯގެ މައި އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން އެ ފަހުމުނާމާގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ. ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުހައްމަދު ޔާނިއު ހާޝިމެވެ.
މި އެއްބަސްވުމުގެ ދަށުން، ފަސޭހައިން ވާސިލުވެވޭ ގޮތަށް ހުރި ތަރިކައިގެ ބައެއް ބިނާތައް ކޮންމެ ތިން މަހަކުން އެއްމަހު ބަލައި ވެކިއުމްކޮށް، ތަނުގެ ސާފުކަމާއި ޒީނަތްތެރިކަމަށް ބޭނުންވާ ހިދުމަތްތައް ވެމްކޯއިން ފޯރުކޮށްދެމުންދާނެ އެވެ.
ރާއްޖޭގެ ތަރިކަ ރައްކާތެރި ކުރުމަކީ ސަރުކާރުނ ޚާއްސަ އިސްކަމެއް ދީގެން ކުރިިއަށް ގެންދާ މަސައްކަތަކަށް ވާއިރު، އެ މަސައްކަތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެއްބާރުލުން ލިބެމުންދާ ކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ.