ENGLISH

02 ޖުލައި 2025

Advertisement

ސައިކަލުން ޖެހި އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލައިގެން ދިޔަ މީހަކު ހޯދައި ހައްޔަރުކޮށްފި

21 ޖޫން 2025

|

އަޙުމަދު ޙަމީދު

ހައްޔަރު ކުރި މީހާ -- ފޮޓޯ: ޕޮލިސް

ހުޅުމާލެ ފޭސް 1 ނިރޮޅުމަގު، އައި.އޯ.އެން ފިހާރަ ކުރިމަތީގައި އޮންނަ ކަފިހިހުރަސް މަތީން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ހޯދައި ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ މި އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި ޖޫން މަހުގެ 16 ވަނަ ދުވަހުގެ 14:10 އެހައިކަންހާއިރުއެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާއަށް ސީރިއަށް އަނިޔާތަކެއް ލިބިފައިވާތީ އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / މޫންލައިޓްވިލާ، މުޙައްމަދު ނާޝިއު (20އ) އެވެ.

މީނާއަކީ އެކްސިޑެންޓުވި ސައިކަލު ދުއްވި މީހާއެވެ. މީނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް މީހެކެވެ.

ޖޫން 19 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ހަ ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި ބުނީ މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ވެސް ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު