ENGLISH
02 ޖުލައި 2025
ރާއްޖެ އާއި ޗައިނާއަކީ ސުލްޙައަށް އިސްކަންދޭ ގުޅުމެއް ދަމަހައްޓާ ދެ ޤައުމު: މަޖިލީހުގެ ނައިބް ރައީސް
20 ޖޫން 2025
|
ނުވަވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ އިފްތިތާޙު ކުރުމުގެ ޙަފްލާގައި މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ތަގްރީރު ކުރައްވަނީ. --ފޮޓޯ: މަޖިލިސް
ދިވެހި ރާއްޖެ އާއި ޗައިނާއަކީ އެއް ޤައުމުން އަނެއް ޤައުމަށް އިޙުތިރާމް ކުރާ އަދި ސުލްޙައަށް އިސްކަންދޭ ގުޅުމެއް ދަމަހައްޓާ ދެ ޤައުމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާން މިހެން ވިދާޅުވީ ނުވަވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ އިފްތިތާޙު ކުރުމުގެ ޙަފްލާގައި ތަޤްރީރު ކުރައްވަމުންނެވެ.
މި އެކްސްޕޯގެ އިފްތިތާހީ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް، ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ބަދަހި ގުޅުން ފާހަގަކުރެއްވިއެވެ. ނާޒިމްގެ ވާހަކަފުޅުގައި، ދެ ޤައުމުގެ މެދުގައި އޮތް ބަދަހި އިޤްތިޞާދީ ގުޅުން ފާހަގަކުރައްވައި، ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" ގެ ދަށުން ދިވެހި ރާއްޖޭގައި ހިންގާފައިވާ މަޝްރޫޢުތަކުގެ ކާމިޔާބުކަން ފާހަގަކުރެއްވި އެވެ. އަދި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ރަންވޭ ޤާއިމުކުރުމުގައި ޗައިނާގެ އެހީތެރިކަމަށް ޚާއްޞަ ގޮތެއްގައި މަޖިލީހުގެ ނައިބް ރައީސް އަލިއަޅުއްވައިލެއްވިއެވެ.
މީގެ އިތުރުން، ނާޒިމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތާއި އެ ރޮނގުން ކުރިއަށް ގެންދަވާ ސިޔާސަތުތަކަށް ވެސް ބައްލަވާލައްވައިފައެވެ.
އަޙްމަދު ނާޒިމްގެ ވާހަކަފުޅުގައި ދުނިޔޭގެ މަސްރަޙުގެ ނުތަނަވަސްކަމާއި ހިނގަމުންދާ ހަނގުރާމަފަދަ ކަންކަމުން ރާއްޖެފަދަ ޤައުމުތަކުގެ އިޤްތިޞާދަށް ކުރާ އަސަރުތަކަށް ވެސް އިޝާރާތް ކުރެއްވިއެވެ. އަދި އިޤްތިޞާދީ ތަރައްޤީ ކުރިއަށް ގެންދިއުމަށްޓަކައި، ޤައުމުތަކުން ސިޔާސަތުތައް ވިލަރެސްކޮށް، އިޤްތިޞާދީ ގުޅުންތައް ދަމަހައްޓައި، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތް ކުރުމަށް ޚިޔާލުތަކެއް ވެސް ހުށަހެޅުއްވިއެވެ.
މި އެކްސްޕޯގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، އެކްސްޕޯގައި ބައިވެރިވި ދިވެހިންގެ ސްޓޯލްތަކަށް ދިވެހި ވަފުދުގެ ބޭފުޅުން ޒިޔާރަތްކުރައްވާ އެ ސްޓޯލްތަކުގައި ތިއްބެވި ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ތަޖުރިބާ އާއި ހުރި ގޮންޖެހުންތަކުގެ ވާހަކަ އަޑުއެއްސެވިއެވެ.
"އެކުވެރިކަމާއި ވިލަރެސްކުރުން ދެމެހެއްޓެނިވި ތަރައްޤީއަށް" މި ޝިއާރުގެ ދަށުން މިއަހަރު ބާއްވާ އެކްސްޕޯ ކުރިއަށްދާނީ ޗައިނާގެ ކުންމިންގ ސިޓީގައި މި ޖޫން މަހުގެ 21 އާ ހަމައަށެވެ.