ENGLISH
02 ޖުލައި 2025
އުޞޫލެެއް އަދި ކަނޑައަޅާފައި ނެތަސް އެމްޑީޕީން އެދުމުން އިވެންޓް ބާއްވަން ސަލްޓަން ޕާކު ދޭން ނިންމައިފި
20 ޖޫން 2025
|
ވަޒީރު ޑރ. އަބްދުالله މުއްޠަލިބް --
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން ހޯދުމަށް އެދުމުން އެތަން ދޭން ނިންމައިފި އެވެ.
އެކަން، އިމާރާތް ކުރުމާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބު މިރޭ ވަނީ ހާމަކުރައްވާފަ އެވެ.
ވަޒީރު ވިދާޅުވީ ސަލްޓަން ޕާކަކީ މަރާމާތު ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެދިގެން މާލޭ ސިޓީ ކައުންސިލުން ޙަވާލުކޮށްފައިވާ ތަނަކަށް ވާތީ އެތަން އެ ވުޒާރާ އިން މިހާތަނަށް ކުއްޔަށް ދީފައިނުވާނެ ކަމަށެވެ.
އަދި އެތަން ކުއްޔަށް ދިނުމަށް އުޞޫލެއް ކަޑައަޅާފައި ވެސް ނުވާ ކަން ވަޒީރު ފާހަގަ ކުރެއްވި އެވެ.
ނަމަވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެ ޕާޓީން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
އެމްޑީޕީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން ހޯދުމަށް އެދުމުން އެތަން ދޭން ނިންމާފައިވާއިރު އިދިކޮޅު އެމްޑީޕީގެ ހަރަކާތްތަކެއް ހިންގުމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ވިދާޅުވެ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ރޭ ވަނީ ދައްކަވާފަ އެވެ.
ކުރިން ހުއްދަ ނެގުމަކާނުލާ، މީގެކުރިން އެއްވެއުޅުމުގެ ހުއްދަ އޮންނަނީ ކާނިވާ ސަރަޙައްދަށް އެކަންޏެވެ.
ނަމަވެސް އެކަން ބަދަލުކޮށް މިސަރުކާރުން ވާނީ ކާނިވާ ސަރަޙައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)، އުސްފަސްގަނޑާއި ރަސްފަންނަކީ ވެސް ކުރިން ހުއްދަ ނެގުމަކާނުލާ ސިޔާސީ ހަރަކާތް ހިންގޭނެ ތަންތަން ކަމުގައި ކަނޑައަޅާފަ އެވެ.
އަދި އެހެން އެއްވުންތަކާއި އިހްތިޖާޖުތަކަށް ވެސް ސަރުކާރުން ދަނީ ފުރުސަތު ދެމުންނެވެ.