ENGLISH

02 ޖުލައި 2025

Advertisement

ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގައި ހުންނަންޖެހޭ ޝަރުތުތަކާ އެކު ގަވާއިދެއް

20 ޖޫން 2025

|

އުމްނާ އިސްމާޢީލް

ހއ. ހޯރަފުށީގައި ގާއިމުކޮށްފައިވާ ޖުވެނައިލް ހާފްވޭ ހަައުސް ރައިސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވަނީ 25 ޖެނުއަރީ، 2025 (ފޮޓޯ/ ރައީސް އޮފީސް)

ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގައި ހުންނަންޖެހޭ ޝަރުތުތަކާ އެކު ގަވާއިދެއް އެކުލަވާލައި އާއްމުކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ގަވާއިދުގައި ވަނީ އެފަަދަ މަރުކަޒުތައް ހިންގުމުގެ އުސޫލުތަކާއި، އެފަދަ މަރުކަޒުތަކުގައި ހިފަހައްޓަންޖެހޭ ސްޓޭންޑަޑްތަކާއި، ހިންގުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ބަޔާންކޮށްފަ އެވެ.

ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގެ ތެރޭގައި ދެ ބާވަތެއްގެ މަރުކަޒު ހުންނާނެ އެވެ. އެއީ ޖުވެނައިލް ޑިޓެންޝަން ސެންޓަރުތަކާއި ލޯންގް ޓަރމް ސެކިޔޯ ފެސިލިޓީތަކެވެ.

ޖުވެނައިލް ޑިޓެންޝަން ސެންޓަރުތަކަކީ  ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން ނުރައްކާތެރި ކުށްކުރާ ކުދިން ފިޔަވައި އެހެން ކުދިން ބައިތިއްބާ މަރުކަޒުތަކެވެ. ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން ޖިނާއީ ބޮޑެތި ކުށްތައް ކުރާ، މުޖުތަމައާ އެކަހެރިކޮށް ބަހައްޓަންޖެހޭ ކުދިން ބައިތިއްބާނީ ލޯންގް ޓަރ،ް ސެކިޔޯ ފެސިލިޓީތަކުގަަ އެވެ.

މި ތަންތަން ވާންޖެހޭނީ، ގަވާއިދުގައި ބުނާގޮތުން ބޮޑެތި މީހުން ބަންދުކުރާ ތަންތަނާ ވަކިން ހަދާފައިވާ، ކުއްޖާގެ އުމުރާއި ކޮށްފައިވާ ކުށާ އެކަށޭނެ ތަންތަނަށެވެ. އަދި ކޮންމެ މަރުކަޒެއްގައި ވެސް އެ މަރުކަޒެއްގައި ތިބޭ ކުދިންގެ އުމުރާއި ޖިންސާއި އިޖުތިމާއީ ގޮތުން ބިނާކުރަނިވި، އަދި މުޖުތަމައުގައި ފައިދާހުރި ބައެއްގެ ގޮތުގައި ދީނީ ގޮތުންނާއި ތައުލީމީ ގޮތުންނާއި ނަފްސާނީ ގޮތުން އަދި ސިއްހީ ގޮތުން ތަރުބިއްޔަތުކުރަނިވި އަޅާލުމާއި ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދެވޭނެ ވަސީލަތްތައް ހުންނަން ޖެހެ އެވެ.

ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަަޒަށް ގެނެވޭ ކޮންމެ ކުއްޖަކާއި އެ މަރުކަޒުން ހަވާލުވާނީ ކޯޓު އަމުރެއްގެ ދަށުން ނެވެ. މަރުކަޒަށް ކުދިން ގެންނަތާ ގިނަވެގެން 24 ގަޑިއިރު ތެރޭގައި އެ ކުއްޖަކު މަރުކަޒަށް ގެނައި ސަބަބާ އެކު އާއިލާއަށް އެންގުމުގެ ގޮތުން ކުއްޖާއަށް 5 މިނެޓުގެ ފޯނު ކުރުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ.

ކޮންމެ މަރުކަޒެއްގައި އަންހެން ކުދިންނާއި ފިރިހެން ކުދިން ވަކިން ބޭތިއްބޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަންޖެހޭ އިރު ކުއްޖާ ކޮސްފައިވާ ކުށުގެ ބާވަތާއި ކުޑަބޮޑުމިނާއި، އުމުރުފުރާއާއި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ތައްޔާރުކުރާ ރުޕީޓުތަކަށް ރިއާޔަތްކޮށް ވަކިން ބޭތިއްބޭނެ އިންތިޒާމް ހުންނަން ޖެހެ އެވެ.

އަދި ކުއްޖަކު މަރުކަޒަށް ގެންދާތާ ގިނަވެގެން 3 ދުވަހުގެ ތެރޭގައި އެ މަރުކަޒަކުން ކަނޑައަޅާ، އެ ދާއިރާއިން ތަމްރީނު ލިބިފައިވާ ފަރާތެއް މެދުވެރިކޮށް ކުއްޖާގެ މެޑިކަލް އެސެސްމެންޓުވެސް ހަދަން ޖެހޭ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

ކަރެކްޝަނަލް މަރުކަޒުތަކުގެ ޒިންމާތަކުގެ ގޮތުގައި ގަވާއިދުގައި ބުނެފައިވަނީ:

  • މަރުކަޒުގައި ތިބޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމާއި މަސްލަހަތު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން
  • ބަންދުކޮށްފައިތިބޭ ކުޑަކުދިންގެ އާއްމު ހާލަތު ބެލެހެއްޓުން
  • ކަރެކްޝަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންގެ އަމަލުތައް ބަލައި މޮނީޓާ ކުރުމާއި ތަނުގެ އަމާންކަން ދެމެހެއްޓުން
  • އުސޫލުތަކާއި ޚިލާފުވާ ކުދިންނާ މެދު ފިޔަަވަޅު އެޅުން
  • މަރުކަޒުގައި ތިބޭ ކުދިން މުޖުތަމައުއަށް އަހުލުވެރިކޮށް އަލުން މުޖުތަމައުއަށް ގެނައުމަށްޓަކައި ތަފާތު އެކި ޕްރޮގްރާމްތައް ރާވައި ހިންގުން





ކިޔުންތެރިންގެ ހިޔާލު