ENGLISH
02 ޖުލައި 2025
މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ބާއްވާ ރަސްމިއްޔާތު މާދަމާގެ އިތުރުން އާދީއްތަ ދުވަހު
20 ޖޫން 2025
|
މަތީއަރުތަވެރިންގެ އިނާމު ދިނުމަށް މީގެ ކުރިން ބޭއްވުނު ޖަލްސާއެއް - ފޮޓޯ: ސަރުކާރު
2023 އަދި 2024 ވަނަ އަހަރު ގެ ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ދިނުމަށް ބާއްވާ ރަސްމިއްޔާތު، މާދަމާ އަދި އާދީއްތަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ރަސްމިއްޔާތު އޮންނާނީ މި ހިނގާ ޖޫން މަހުގެ 21 ވަނަ ދުވަހުގެ އިތުރުން 22 ޖޫން 2025 ވާ ހޮނިހިރު އަދި އާދީއްތަ ދުވަހުގައި ކަމަށެވެ.
މި ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފަސް ދަންފަޅިއަކަށް ބަހާލައިގެން ކަން ހާމަކޮށް އެޑިއުކޭޝަނުން ބުނީ މި ރަސްމިއްޔާތު އޮންނާނީ ސޯޝަލް ސެންޓަރުގައި ކަމަށެވެ.
މި ރަސްމިއްޔާތުގައި އޯލެވެލް އަދި އޭލެވެލްއިން އެއް ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އޭލެވެލް އިން އެއް ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސޮކޮލަރޝިޕްގެ އިތުރުން އޭ ފާސް ނުވަތަ އެއަށްވުރެ މަތިން ހޯދާ ދަރިވަރުންނަށް ދެވޭ ހައި އެޗީވަރސް ސްކޮލަރޝިޕް ހަވާލުކުރުން އޮންނާނެއެވެ.
ސާނަވީ އަދި މަތީ ސާނަވީ ނިންމި އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، 1800 އަށްވުރެ ގިނަ ދަރިވަރުން މި ރަސްމިއްޔާތުގައި މަތީ އަރުތަވެރިންގެ އިނާމު ހާސިލުކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.