ENGLISH
02 ޖުލައި 2025
ހުޅުމާލޭ އިންޖީނުގެއަށް ބޭނުންވާ ފިއުލް ސްޓޯރޭޖް ޓޭންކުތަކުގެ މަސައްކަތް ނިންމާލައިފި
20 ޖޫން 2025
|
ހުޅުމާލޭ އިންޖީނުގޭގައި ގާއިމުކޮށްފައިވާ ފިއުލް ސްޓޯރޭޖް ޓޭންކުތައް (ފޮޓޯ/ އެމްޓީސީސީ)
ހުޅުމާލޭ އިންޖީނުގޭ ފިއުލް ސްޓޯރޭޖް ޓޭންކުތައް ޑީޒައިންކޮށް ފެބްރިކޭޓްކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.
މި މަސައްކަތްކުރި މޯލްޑިވްޑްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވަނީ އެ މަޝްރޫއުގެ ދަށުން ޓޭންކުތަކުގައި އިތުރު ފަށަލައެއް ލުމުގެ ގޮތުން ކޮންޓްކްރީޓް ޖެހުމުގެ މަސައްކަތާއި، 2 ފިއުލް ޓޭންކު ހަރުކޮށް ފެބްރިކޭޓްކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެއީ 80،000 ލީޓަރުގެ ތެޔޮ ރައްކާކުރެވޭ ޓޭންކުތަކެކެވެ.
އެމްޓީސީސީން ބުނެފައިވަނީ، މި މަޝްރޫއު ނިމުމާއެކު، ހުޅުމާލޭގައި ދިރިއުޅެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޯށްދނުމުގައި ސްޓެލްކޯއަށް ދިމމާވަމުންދާ ދަތިތަކަށް ހައްލެއް ލިބި ޚިދުމަތް ދިނުމުގައި އިތުރު ފަސޭހަތަކެެއް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
މިދިޔަ ރޯދަމަހާ ދިމާކޮށް ކަރަންޓު ބޭނުންކުރާނެ މިންވަރު އިތުރުވާނެތީ، ހުޅުމާލޭގައި ވަގުތީ އިންޖީނުގެއެއް ހުޅުވާފައިވަނީ މާޗްމަހުގެ ތެރޭގަ އެވެ.
މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މާޗް މަހުގެ 10 ވަނަ ދުވަހު އެވެ.