ENGLISH
02 ޖުލައި 2025
ބޭހުގެ ކޮލިޓީ އެޝުއަރެންސް އިތުރުކޮށް، ބޭހާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ޕާކިސްތާނާއެކު މަޝްވަރާކޮށްފި
20 ޖޫން 2025
|
ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއާ ހެލްތު މިނިސްޓްރީން ބައްދަލުކުރުން - ފޮޓޯ: ސަރުކާރު
ބޭހާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އާ އެކު ހެލްތު މިނިސްޓްރީން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ ހެލްތު މިނިސްޓްރީގެ އިސްވެރިން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން މިބައްދަލުވުމުގައި ރެގިއުލޭޓަރީ ކޯޕަރޭޝަން ހަރުދަނާކުރުމާއި، ބޭހުގެ ކޮލިޓީ އެޝުއަރެންސް އިތުރުކުރުމާއި، ބޭސް އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމުގެ ނިޒާމު ރަނގަޅުކުރުމާއި، ކެޕޭސިޓީ ބިލްޑިންގ ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން ދެފަރާތުން ވަނީ މަޝްވަރާ ކުރައްވާފައެެވެ.
މީގެ އިތުރުން ހެލްތު މިނިސްޓްރީގެ ބޭފުޅުން ވަނީ ޕާކިސްތާނުގެ ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލާއި ޔުނިވަރސިޓީގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ސިއްހީ ދާއިރާއިން މީހުން ތަމްރީން ކުރުމާއި ސްޕެޝަލައިޒްޑް ނާސިންގ ޓްރެއިނިންގ ފަދަ ވަކި ދާއިރާތަކަށް އަމާޒުކޮށް ތަމްރީންތައް ދިނުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިނިސްޓްރީގެ އިސްވެރިން ވަނީ ޕާކިސްތާން ފާމަސިއުޓިކަލް އެސޯސިއޭޝަނާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ރެގިއުލޭޓަރީ އެލައިންމަންޓާއި ކޮލިޓީ އެޝުއަރެންސް އަދި ބޭސް ފޯރުކޮށްދިނުމުގެ ނިޒާމުތައް ހަރުދަނާކުރުން ހިމެނޭ ގޮތަށް އެއްބާރުލުން ދިނުމުގެ ދާއިރާތައް ހޯދުމަށް ޕާކިސްތާން ފާމަސިއުޓިކަލް އެސޯސިއޭޝަންގެ އޮފިޝަލުންނާ ވަނީ މަޝްވަރާކުރައްވާފައެވެ.