ENGLISH
20 ޖޫން 2025
ފައްޔާޒު ހެދީ ދޮގު، ތަރުޖަމާން އެދިވަޑައިގަތީ ހަމައާ އުސޫލުތަކާ އެއްގޮތަށް ކަންކުރެއްވުމަށް
19 ޖޫން 2025
|
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު
ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ޜޫލް އޮފްލޯ އާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި އަސާސެއް ކަމަަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު، އިދިކޮޅު ޕާޓީގެ ވެރީންނަށް މުހިންމު މެސެޖެއް ދެއްވައިފި އެވެ.
ތަރުޖަމާން މިފަދަ މެސެޖެއް ދެއްވީ އިދިކޮޅު އެމްޑީޕީގެ ހަރަކާތްތަކެއް ހިންގުމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ވިދާޅުވެ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ދެއްކެވުމުންނެވެ. އޭނާ ވިދާޅުވީ އެ ހަރަކާތްތައް ބާއްވަން ތަނެއް ނުދީ ސަރުކާރުން ހިފަހައްޓަމުންދާ ކަމަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތަރުޖަމާން ވިދާޅުވީ ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި، ޒިއްމާދާރު ސިޔާސީ ޙަރަކާތްތައް ހިންގުމާއި، ޤައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.
އަދި ހަނދާން ކޮށް ދެއްވީ ކުރިން ހުއްދަނެގުމަކާނުލާ، މީގެކުރިން އެއްވެއުޅުމުގެ ހުއްދަ އޮންނަނީ ކާނިވާ ސަރަޙައްދަށް އެކަނި ކަމެވެ.
ނަމަވެސް އެކަން ބަދަލުކޮށް މިސަރުކާރުން ވާނީ ކާނިވާ ސަރަޙައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)، އުސްފަސްގަނޑާއި ރަސްފަންނަކީވެސް ކުރިން ހުއްދަ ނެގުމަކާނުލާ ސިޔާސީ ހަރަކާތް ހިންގޭނެ ތަންތަން ކަމުގައި ކަނޑައަޅާފައި ކަމަަށް ވިދާޅުވި އެވެ.
އެހެންކަމުން މިގޮތަށް ކަނޑައެޅި، ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ރޫލް އޮފްލޯ އާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި އަސާސެެއް ކަމަށް ހީނާ ވިދާޅުވި އެވެ.
ހީނާ މިހެން ވިދާޅުވީ އެމްޑީޕީގެ ހަރަކާތެެއް ބާއްވަން ތަނެއް ނުދީފިނަމަ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު މުލިއާގެ ކަންމަތީ ހަރަކާތެެއް ބާއްވާނެ ކަމަށް ވިދާޅުވުމުންނެވެ.
އެއްވެ އުޅުމާ ޚިޔާލުފާޅު ކުރުމުގެ ފުރުސަތު މިދިޔަ ދެ ސަރުކާރުން ވަރަށް ބޮޑަށް ހަނިކޮށްފައި ވަނިކޮށް މި ސަރުކާރުން ވަނީ އެ ފުރުސަތު ކުރިއަށް ވުރެ އެތައް ގޮތަކުން ފަހިކޮށްދީ ފުޅާކޮށް ދީފަ އެވެ.