ENGLISH
20 ޖޫން 2025
ތޮއްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގާ ތުއްތު ކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ
19 ޖޫން 2025
|
އއ. ތޮއްޑޫ
އއ. ތޮއްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގާ ތުއްތު ކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.
ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވީ އުމުރުން އެއް އަަހަރުގެ ކުއްޖަކަށެވެ. އެ ކުއްޖާގެ ހާލަތު ވަަރަށް ސީރިއަސް ކަމަށް އެނގިފައިވެ އެވެ. ކުއްޖާއަށް މިވަގުތު ދަނީ އައިޖީއެމްއެްޗްގައި ފަރުވާ ދެމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ރޭ ހިނގި އެކްސިޑެންޓްގެ މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ. އެ ހާދިސާގައި ހިމެނޭ ސައިކަލު ޓޯ ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލުން ކުއްޖާގެ ގައިގައި ޖެހި އެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް މިހާރު ވަނީ އާންމުވެފަ އެވެ.
ކުއްޖާގެ ގައިގައި ސައިކަލުން ޖެހެނީ ކުއްލި އަކަށް މަގު މެދަށް ނިކުތުމުންނެވެ.