ENGLISH

19 ޖޫން 2025

Advertisement

މާލޭގެ ބޭރު މަގުގައި ޤަވާޢިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯ ކުރަނީ

19 ޖޫން 2025

|

އަޙުމަދު ޙަމީދު

މާލޭގެ ބޮޑުތަކުރުފާނު މަގު

މާލެ ސިޓީގެ ބޭރު މަގުގައި ޤަވާޢިދާ ޚިލާފަށް ޕާކުރާ އުޅަނދުތައް ޓޯ ކުރަން ނިންމާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު މި ނިންމުމަކީ ބުނީ މާލޭގެ މަގުތަކުގައި ދަތުރުފަތުރު ކުރުމަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވާނެ ގޮތަށް މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރަން ހަމަޖެހިފައިވާ ކަމެއް ކަމަށެވެ.

އެގޮތުން ހިތިގަސްމަގު ކަންމަތިން ފެށިގެން މެހެލިގޯޅިއާ ހަމައަށް ބޮޑުތަކުރުފާނުމަގުގައި ޢާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާސްޕޯޓަށް ދަތިވާ ގޮތަށް ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ވަނީ ބުނެފަ އެވެ.

އެގޮތަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ދުއްވި މީހުންނާއިމެދު ވެސް ފިޔަވަޅު އަޅާނެ ކަމަށާ އަދި އެ ގޮތަށް ޓޯ ކުރެވޭ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ފަހުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އުޅަނދުތައް ޕާކްކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތަކުގައި ޕާކު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.

އަދި މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުން ދޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މާލެ ސިޓީގެ މައި މަގު -- މަޖީދީމަގުގައި ޤަވާޢިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯވ ކުރަން ވެސް މިހާރު ވަނީ ފަށާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު