ENGLISH
19 ޖޫން 2025
މީރާގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
19 ޖޫން 2025
|
މީރާ (ފޮޓޯ/ ޕީއެސްއެމް)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ، ރައީސް އޮފީހުން މިއަދު ކުރި އިއުލާނުގައި ވާގޮތުން، ބޯޑުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ހަތަރު މެމްބަރުންގެ މަގާމުގެ މުއްދަތު ހަމަވާތީ އެވެ.
މި ފުރުސަތު، މިއަދުން ފެށިގެން 6 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. އެގޮތުން، މަގާމަށް އެދި ހުށަހަޅާ ފޯމު ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް ރައީސް އޮފީހުން ބަލައިގަންނާނެ ކަމަށް ބުނެފައިވެ އެވެ.
އެ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.