ENGLISH

19 ޖޫން 2025

Advertisement

ޖެމްކިއުއިން ފައިސާ ނުނެގޭ ގޮތް ހަދައިފި

19 ޖޫން 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ޕިރަމިޑް ސްކީމެއް ކަމަށް ފުލުހުން ބުނެފައިވާ ޖެމްކިޔު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ) އިން ފައިސާ ނުނެގޭ ގޮތް ހަދައިފިއެވެ.

ރާއްޖޭގައި ޖެމްކިޔު ސްކީމްގައި ބައިވެރިވެފައިވާ މީހުންގެ މެދުގައި ހަދާފައިވާ ޓެލެގްރާމް ގްރޫޕުގައި ޖެމްކިޔު އިން ފައިސާ ނުނެގިގެން އެ ބޭނުންކުރާ މީހުން ހިތްހަމަނުޖެހުން ފާޅުކުރަމުންދަނިކޮށް، ފައިސާ ނުނެގޭ ސަބަބު ހާމަކޮށް، އެ ގުރޫޕް ހިންގާ ފަރާތުން ވަނީ ފޭކު ސިޓީއެއް އެ ގުރޫޕަށް ލައިފައެވެ.

އެ ގްރޫޕަށް ޖެމްކިޔުގެ ފަރާތުން ލާފައިވާ މެސެޖެއްގައި ބުނެފައިވަނީ ފައިސާ ނުނެގޭ ގޮތް ދިމާވީ ޖެމްކިޔުއިން މަނީ ލޯންޑާކުރާ ކަމަށް ޝައްކުކުރެވިގެން ކަމަށެވެ. އެކަމަކު، އެކަން ރިވިއުކުރުމަށް ފަހު ދެ ދުވަހެއްގެ ތެރޭގައި ހުރިހާ ކަމެއް 'ހަމައަކަށް އެޅޭނެ' ކަމަށް އެ މެސެޖުގައި ބުނެފައިވެއެވެ.

ޖެމްކިއުއަކީ އެމެރިކާގެ ކުންފުންޏެއް ކަމަށް ރާއްޖޭގައި މިކަން ޕްރޮމޯޓް ކުރާ މީހުން ބުނި ނަމަވެސް ދިވެހި ފުލުހުން ބުނެފައި ވަނީ އިންޓަޕޯލް އިން ހޯދި މައުލޫމާތުން ކަށަވަރު ކުރެވިފައިވާ ގޮތުގައި މިއީ ރާއްޖެ ފިޔަވައި އެހެން ގައުމެއްގައި ހިންގާ ސްކީމެއް ނޫން ކަމަށެވެ. ޖެމްކިއުގައި އިންވެސްޓްކޮށްފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ނޭނގެއެވެ. ނަމަވެސް ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ޖެމްކިއުގައި ބައިލައްކައަށްވުރެ ގިނަ ދިވެހިން ވަނީ 100 މިލިއަނަށް ވުރެ ގިނަ ފައިސާ އިންވެސްޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު